ސައްހަނޫން އިންޓަރނެޓް ބޭންކިން ސްލިޕްތަކެއް ފޮނުވައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފިހާރައަކުން ރާސްޓަސްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ ހޯދަމުންދަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ އަރުޝަދު މިއާ ކަމަށެވެ. އޭނާ ހޯދަމުން ދަނީ
މަކަރާއި ހީލަތުން އޮޅުވާލައިގެން ފިހާރައަކުން 17471 ރުފިޔާގެ ރާސްޓަސްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށެވެ.
އަރުޝަދު މިއާ ހޯދަން ފުލުހުން އިއުލާންކުރީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.
އޭނާ ހާޒިރުވާން ޖެހެނީ މި މަހުގެ 22 ވަނަ ދުވަހުގެ 10:00 އަށް ބ. އޭދަފުށި ޕޮލިސްޓޭޝަނަށެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މީނާ ހިފާފަހުންނަ ފިހާރަ ހުންނަނީ ސައުތު ބޭކާރު ގޯޅިތެރޭ
އަހުމަދު