ކޮމިއުނިޓީ ޑިވޮލޮޕްމެންޓުގެ ދަށުން އަށްޕްރޮޖެކްޓަކަށް މޯބިލިއިޒޭޝަނަށް އެޑްވާންސްގެ ގޮތުގައި އިންޑިއާ ސަރުކާރުން 5.95 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ރާއްޖޭގެ ހާރިޖީ ވަޒީރު ޝާހިދު، ޖުލައި މަހުގެ 11 ވަނަ ދުވަހު އިންޑިއާއަށް ކުރެއްވި ދަތުރުގައެވެ.
އިންޑިއާއިން ބުނީ އެ މަޝްރޫއުތަކުގެ ފައިދާ ސީދާ ދިވެހި މުޖުތަމައުތަކަށް ކުރާނެ ކަމަށެވެ.
މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:
- ރ. އުނގޫފާރު ހޮސްޕިޓަލުގައި މެންޓަލް ހެލްތް ޔުނިޓް ތަރައްގީކުރުން
- ށ. ކަނޑިތީމުގައި ވޮލީބޯޅަ ކޯޓެއް ތަރައްގީކުރުން
- މ. ދިއްގަރުގައި ގޭދޮށު މަސް ޕްލާންޓް ބެހެއްޓުން
- ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރަށް ފަރުނީޗަރާއި އިކުއިޕްމަންޓް ހޯދުން
- ތ. ވިލުފުށީ ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް
- ފ. ނިލަންދޫ ހޮސްޕިޓަލް އަޕްގްރޭޑް ކުރުން
- ސްކޫލްތަކުގެ ކޮމްޕިއުޓާ ލެބް އަޕްގްރޭޑް ކުރުން
- އުތީމު ގަނޑުވަރުގެ ފުރާޅު ހިމާޔަތްކުރުމާއި ގަނޑުވަރުގެ ވަށައިގެންވާ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއު
- ގއ. ކޮނޑޭގައި މަގުބައްތި ހަރުކުރުން
މިއީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗް.އައި.ސީ.ޑީ.ޕީ)ގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ