އިދިކޮޅު ޕީޕީއެމްގެ ދުވާފަރު ދާއިރާގެ ނައިބް ރައީސް އަހުމަދު ސަލީމް ވެރިކަންކުރާ އެމްޑީޕީއާ ގުޅިއްޖެއެވެ.
ސަލީމް އެމްޑީޕީއަށް ސޮއިކުރީ ރައީސް ސޯލިހު ރ އަތޮޅަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް އެޑްވާންސް ޓީމުގެ ގޮތުގައި އެ ރަށަށް ވަޑައިގެންނެވީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްއާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.
އޭނާ އެމްޑީޕީއަށް ސޮޔެކުރުމުން ޕާޓީގެ މެމްބަރުން އުފާފާޅުކުރަމުންދާ ވީޑިއޯ އެއް މަހުލޫފް ވަނީ ޓްވިޓާގައި ހިއްސާކޮށްފައެވެ.
ދުވާފަރަކީ ސިޔާސީ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ އެމްޑީޕީއާ ޕީޕީއެމްގެ ފޯރިވެސް ވަރަށް ގަދަ ރަށެކެވެ. ރަށު ކައުންސިލްގެ މެޖޯރިޓީއަކީ ޕީޕީއެމެވެ.
2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެ ރަށުގެ މެޖޯރިޓީ ޕީޕިއެމަށް ލިބުނީ ކުޑަ ފަރަގެއްގެ ތަފާތުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯޢްދެވީ 13 ވޯޓުގެ ތަފާތުންނެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި