ގިނަ ޕާޓީތައް އެކުލެވޭ ގޮތަށް ބޭއްވި ރިޔާސީ ދެ އިންތިހާބެއްގައި ވާދަ ކުރެއްވިއިރު ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެ ފުރުސަތު ދެއްވާފައި ނުވާތީ އެމަނިކުފާނު ޝަކުވާ ކުރައްވައިފިއެވެ.
އަންނަ މަހުގެ 9ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބުގައި ވެސް ގާސިމް ވަނީ ވާދަ ކުރައްވަން ނިންމަވައިފައެވެ. މިއީ ރިޔާސީ އިންތިހާބެއްގައި ގާސިމް ވާދަ ކުރައްވާ ތިންވަނަ ފަހަރެވެ.
ދަރުމަވެރިންނާއި، ކުޅިވަރު ކުޅުންތެރިންނާއި، އޮފިޝަލުންނާއި، އަދި ކްލަބު ޖަމިއްޔާތަކާއި، އެސޯސިއޭޝަންތަކަށް ހާއްސަކޮށްގެން ޖޭޕީން ހޮޓެލް ޖެންގައި ކުރިޔަށް ގެންދިޔަ ހަފްލާގައި ވާހަކަދައްކަވަމުން ގާސިމް ވަނީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ އެއްވެސް ހާލަތެއްގައި އަމިއްލަ އަށް ކާންބޯނެ ގޮތެއް ހޯދުމަށް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނެކޭ އެއްގޮތަށް ހުރިހާ ރައްޔިތުންނަށް ތަނަވަސްކަން ހޯދައި ދެއްވުމަށް ކަމަށް ވިދާޅުވިއެވެ.
ގާސިމް ވަނީ އެންމެ ފަހަރަކު ވެސް އޭނާ ޓެސްޓު ކޮށްލެއްވުމަށް މީގެކުރިން ވެސް ވިދާޅުވެފައިވާ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.
"އަޅުގަނޑު މި އަނގަތަޅަމުން ދާއިރު، ކޮންމެ ފަހަރަކު ވެސް ޗާންސް އޮތިއްޔާ އެ ފުރުސަތު ދެއްވާތޯ ރައްޔިތުންނަށް އާދޭސް ދަންނަވަމުން ދާއިރު. ކީއްވެތޯއޭ އަޅުގަނޑަށް އެއް ފަހަރު ވެސް ފުރުސަތު ނުދެއްވަންވީ،" ގާސިމް ސުވާލު ކުރެއްވިއެވެ.
ގާސިމްގެ ވާހަކަފުޅުގައި ދައުލަތުގެ މުހިއްމު އެތަކެއް މަގާމުތަކެއް އޭނާ ފުރުއްވިކަން ފާހަގަކުރެއްވިއެވެ. އަދި އޭނާގެ އަމާނާތްތެރިކަމާއި ތެދުވެރިކަން ހާމަ ކުރެއްވުމަށް ގާސިމް ވަނީ އެއިން އެއްވެސް މަގާމެއް އަދާ ކުރެއްވިއިރު ދައުލަތުގެ އެއްވެސް ރުފިޔާއެއްގައި ޖެހިފައި ނޯންނާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.
"އަޅުގަނޑު ފިނޭންސް މިނިސްޓަރު ކަމާއި ސެންޓްރަލް ބޭންކުގެ ގަވަރުނަރު ކަމާއި އައިއެމްއެފް އާއި ވޯލްޑް ބޭންކަށް ކަނޑައަޅާފައި ހުރި ގަވަރުނަރުކަމާއި ހޯމް މިނިސްޓަރު ކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަމާއި ރައްޔިތުން މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި މީހެއް. ގައިމު އަތުގައި ލާރި ޖެހޭ ނަމަ ލާރި ޖެހޭނެ ކަންތައްތައް ވެސް އެބަހުރި ދެއްތޯ މީގެ ތެރޭގައި. އެންމެ ގިނަ ލާރި އަތު ޖެހޭނެ ކަންތައްތައް ވެސް އެބަހުރި ދެއްތޯ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެއިން އެއްވެސް ތަނެއްގެ ފައިސާ އިން އޭނާގެ އަމިއްލަ ވިޔަފާރި "ވިލާ ކުންފުނީގެ" ތިޖޫރި އަށް ވަދެފައި ނޯންނާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ މިހާތަނަށް ބޭއްވި ތިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ ރައީސުން އިންތިހާބުވެވަޑައިގަތީ އެމަނިކުފާނުގެ މަސައްކަތުން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ކަމުދާމީހެށް ނޫންވީމާ
މުނީބުމަނިކުފާނަށް ވެރިކަން ދިނީމާ ވާނެގޮތަކީ ސްޓެލްކޯ، އެމްޑަބްލިޔޫއެސްސީ، އެމްޓީސީސީ ތަންތަނުގެ ކުރިޔަށް "ވިލާ" އިތުރުވާނީއެވެ. އަދިވެސް އިތުރު ފަޅުތަކާއި ރަށްތައް ގެއްލިގެންދާނެއެވެ. މިހާރުވެސް ތިހުރި މުއްސަދިކަމަކީ ގައުމުގެ ކަނޑުފަޅު ވިއްކައިގެން ލިބިފަހުރި މުއްސަދި ކަމެކެވެ. އެކަންވާނީ އިތުރެވެ.
އައިމިނަތިމާޔައް ކިޔޭނުކިއޭ އެއްޗެއްނޭގޭތީ
ރަސީދުޥަރަށްވެސް ބޮޑު ތެދުފުޅެއް ހަމަ މިފަހަރު ދޭންވީ ގާސިމް އަށް
ީނައީިމް