ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅު މަޑު ޖައްސާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ކެމްޕެއިން ދަތުރުތައް މަޑުޖައްސާލެއްވީ އަރިދަފުސް ރޯގާ ޖެހިވަޑައިގެން އުޅުއްވާތީ މިދުވަސްވަރު ރަށްރަށަށް ދަތުރު ކުރުން ޑޮކްޓަރުން މަނާ ކުރައްވާފައި އޮތުމުންނެވެ.
ރިޔާސީ ކެމްޕެއިނުގައި އިއްޔެ އެމަނިކުފާނު އއ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރެއްވިއެވެ. ރޭ އުކުޅަހުގައި ކެމްޕެއިން ބޮޑު ޖަލްސާއެއް ބޭއްވިއެވެ. އެ ޖަލްސާގައި އެމަނިކުފާނު ވާހަކަދެއްކެވިއިރު ވެސް އެމަނިކުފާނަށް އަރިދަފުސް ރޯގާ ޖެހިފައިވާކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.
މިއަދު ރައީސް ސޯލިހު އއ. އަދި އދ. ގެ ބައެއް ރަށްތަކަށް ދަތުރު ކުރެއްވުމަށް އޮތީ ހަމަޖެހިފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
ޑޮކުޓަރުން މަނާކޮށްފާ އޮއްވާ ކިތައް ރަށަށް އަރުއްވާފަތޯ ތި ޑޮކުޓަރުގެ ބަސް ގަބޫލުކުރައްވައިގެން ތި ވަޑައިގަތީ؟؟ ދައްކާއެއްވެސްވާހަކައެއް ދޮކޮޅުނުޖެހޭ، މީހުންގެ ތާއީދު ނެތީމާ ދެން ޖެހޭނީ ކޮންމެސް ދޮގެއް ހަދައިގެން ފިލަންތާ!!
ފޭލި