އިންޑިއާއިން ރާއްޖެއަށް 7115 އަށްވުރެ ގިނަ ފޮތް ހަދިޔާކޮށްފިއެވެ. އެ ފޮތްތައް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ރޭ ޖަމާލުއްދީން ސްކޫލުގައެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީއެވެ. އަދި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނު މަހާވަރު ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ފޮތްތަކަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ ޖައިޝަންކަރު މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ 215 ސްކޫލެއްގައި "އެންރިޗިން ސްކޫލް ލައިބްރަރީޒް" ޕްރޮޖެކްޓްގެ ދަށުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ 10،000 އަށް ވުރެ ގިނަ ފޮތުގެ ފުރަތަމަ ބެޗްއެވެ. ހަދިޔާ ކުރި ފޮތްތަކުގެ ޓައިޓަލް ހިޔާރުކޮށްފައި ވަނީ ދިވެހި ސަރުކާރުންނެވެ.
ރޭގެ ރަސްމިއްޔާތުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ފަށާފައިވާ މި ހެޔޮ މަޝްރޫއާ ގުޅިވަޑައިގަތުމަކީ، އިންޑިޔާ ފަހުރުވެރިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ކުޑަކުދިންގެ މެދުގައި ފޮތް ކިޔުމުގެ އާދައަށަގެންނެވުމަކީ ހަމައެކަނި އިލްމު އިތުރުވުމުގެ އިތުރުން އެކުދިންގެ ވިސްނުމުގެ ފުރުސަތު ވެސް ފުޅާވެގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އާއިޝަތު އަލީގެ ވާހަކަފުޅުގައި، ފޮތް ކިޔެވުމުގެ އާދަ މައްޗަށް އަލިއަޅުއްވާލައްވައި، ދަރިވަރުންގެ ޤާބިލުކަން އިތުރުވުމުގައި ފޮތް ކިޔުމުގެ ދައުރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންޑިޔާއިން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައިއެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނީ އިންޑިއާގެ ހިލޭ އެހީއާއި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވް އެލޮޕްމަންޓް ޕްރޮޖެކްޓްސް ގްރާންޓް ސްކީމްގެ ދަށުން 2019 ވަނަ އަހަރުން ފެށިގެން ކޮމިއުނިޓީ އޮރިއެންޓެޑް 65 ޕްރޮޖެކްޓްގެ ތެރެއިން ތައުލީމާ ގުޅުންހުރި ތަފާތު ޕްރޮޖެކްޓްތައް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ހަމައެފަދައިން ކުޅިވަރާއި ޒުވާނުންގެ ތަރައްޤީއަށް އަމާޒުކޮށްގެން ހިންގާ އެކިއެކި މަޝްރޫއުތަކުގެ ސަބަބުން ޒުވާނުން ބާރުވެރިކުރުވުމަށާއި ކުރިއެރުމަށް ސީދާ ފައިދާކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ލާދީނީ އަދި ޘަޤާފަތުގެ ތެރެއިން ކުޑަކުދިންގެ ސިކުނޑިޔާ ކުޅެލާކަހަލަ ފޮތްތަކަކަށް ވެއްޖެއްޔާ އެއީ ވަރަށް ނުރައްކާތެރި ރޭވުމެއްގެ ފެށުން ކަމުގައި ވެދާނެ
ބުރާންތި