އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވަނީ ވަރަށް ސާފު ކެމްޕޭނެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު، މާރިޔާ އެހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައެވެ.
ރައީސްގެ ކެމްޕޭނަށް ހަރަދުކުރައްވަނީ ކޮން ބޭފުޅެއްތޯ އާއި އަދި ހަރަދުވާނީ ކިހާވަރެއްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން މާރިޔާ ވިދާޅުވީ އިންތިހާބުގެ ގާނޫނުގެ ދަށުން ކެމްޕޭނު ނިމުމާއެކު ހަރަދުތަކުގެ ތަފްސީލު، ރައީސް ސޯލިހު "ޑިކްލެއާ" ކުރައްވާނެ ކަމަށެވެ.
ދެއްވި ޔަގީންކަމަކީ އޮންނަ އުސޫލާއި ހިލާފުވާ ގޮތަކަށް ކެމްޕޭނަށް ފައިސާ ހޯދާފައިނުވާނެ ކަމަށެވެ. ސަރުކާރުގެ ސިޔާސީ ހުރިހާ ބޭފުޅުން ހިމެނޭހެން ރައީސް ސޯލިހުވެސް އެމަނިކުފާނުގެ މާލީ ބަޔާން ބަރާބަރަށް އޮޑިޓާ ޖެނެރަލް އަށް ހުށަހަޅުއްވަމުންދާ ކަމަށް ވިދާޅުވިއެވެ.
''..ރައީސް ޔާމީނުގެ ވީ ހެން ކެމްޕޭނަށް ދިން ފައިސާ އޭ ކިޔާފައި މިލިއަނުން ޑޮލަރު އޮވެފައި ކެމްޕޭނަށް ހަރުދުނުކޮށްފައި އެ ނުޖެހޭނެ ޕާޓީއަށް އަނބުރާ ދޭކަށް އެކަހަލަ ވާހަކަތަކެއް ނުދާނެ، ވަރަށް ސާފު ކެމްޕޭނެއް ރައީސް ކުރައްވަމުން އެ ގެންދަވަނީ " މާރިޔާ ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ