އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީމަށް ކެމްޕޭނުގައި އުޅުއްވަނިކޮށް ހަމަލާ ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގު އަވަސްކުރަން އިލެކްޝަން ކޮމިޝަނުން ގޮވާލައިފިއެވެ.
ކެމްޕޭނު ރޯޑް ރެލީ ކުރިއަށް ދަނިކޮށް، ޑްރަގް ވިއްކާ މީހެއްކަމަށް ތުހުމަތު ކުރެވޭ މީހަކު ދަގަޑު ގަޑަކުން އޭނާ މޫނު މަތީ ޖަހާފައިވާ ކަމަށް ޝޯޝަލް މީޑިއާގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވެފައިވއެވެ. އުމަރު ވިދާޅުވީ އޭނާގެ ސެކިއުރިޓީންގެ ގޮތުގައި ތިއްބެވި ސިފައިން މެދުވެރިކޮށް އެ މީހާގެ ފޮޓޯ ފުލުހުންނާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އެ ހާދިސާގައި އޭނާއަށް އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބަ ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބަށް ކުރިމަތިލައްވާފައިވާ އެއްވެސް ކެންޑިޑޭޓެއްގެ އަދި ރަނިންމޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ކުށެއް ކަމަށެވެ.
އެފަދަ ކަމެއް ހިނގާނަމަ، އެކަމެއް ހުއްޓުވަން ދައުލަތުގެ ސަލާމަތީ ބާރުތަކަށް އީސީގެ މެންބަރުންގެ ފަރާތުން ހަބީބް ގޮވައިލެއްވިއެވެ. އަދި އެފަދަ "ނާތަހުޒީބު" އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސް ކުރަމުން އީސީން ފުލުހުންނަށް ގޮވާލީ އުމަރު ނަސީރު ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމަށެވެ. އަދި އެ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް ހަބީބް ގޮވައިލެއްވިއެވެ.
އަދި އިއްޔެ މިއަދު ގުރައިދޫ ގައި ޕީޕީއެމްއާ އެމްޑީޕީއާ ދެމެދު ހިނގައިދިޔަ ކެމްޕޭން ހަރަކާތްތަކުގެ ހަމަނުޖެހުމަކީވެސް އީސީން ކަންބޮޑުވާ ކަމެއް ކަމަށް ހަބީބް ވިދާޅުވިއެވެ. އިލްތިމާސްކުރެއްވީ ގާނޫނާ ޚިލާފު އަމަލުތަކުން ދުރުހެލިވުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ