ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް އެޖެންޑާ ކޮށްފިއެވެ.
ޗުއްޓީ އަށް ފަހު މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފެށުމަށް އެޖެންޑާ ކޮށްފައިވާއިރު އެޖެންޑާގައި އޮތީ އެންމެ ކަމެކެވެ. އެއީ މަޖިލިސް ޗުއްޓީ އަށް ދިޔައިރު ވެސް ނިމިފައި ނުވާ ދާއިމީ ކޮމެޓީތަކުގެ މަސައްކަތްތަކެވެ.
މިދިޔަ ދައުރުގެ ޖަލްސާތައް ނިންމާލާފައިވަނީ މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތަކާއި އަދި މިނިވަން މުއައްސަސާތަކުގެ ތެރެއިން ބައެއް މުއައްސަސާތަކުގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގެ މައްސަލަތައް ނުނިމި އޮއްވައެވެ. ދައުރު ދަންމާލަން ވެރިކަންކުރާ އެމްޑީޕީން ހުށަހަޅާފައިވެސް ވަނިކޮށެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ނާއިބު ރައީސް އީވާ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި އިތުރުން ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ހިމެނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމަށާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ މަޖިލީހުގައި އޮތީ މަޑު ޖެހިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ