ސޯޝަލް މީޑިއާ އެކްޓިވްސްޓު ސިމްވާ ޓްވިޓާއަށް ދޫކޮށްލި ވީޑިއޯއެއްގައި ރަށުގެ ފަޅުތެރޭގައި ކަންނެލި އައިނު ހަރަކާތްތެރިވަމުންދާ ރީތި މަންޒަރު ފެނެއެވެ. ދާ އަޅައިގެން ކަންނެލި ބާނަން ރަށުގެ ފިރިހެންވެރިން "ހޭ ވައްޓާލާފައި" އުޅެމުންދެއެވެ. މުޅި ސަރަހައްދަށް ވެރިވެފައި އޮތް އުފާވެރިކަމުގެ ވީޑިއޯ ބަލާލުމުން އިހުސާސްވެއެވެ. ހީވަނީ ކަންނެލީގެ އީދެއް އައިހެނެވެ.
އިތުރު ވީޑިއޯއެއްގައި ފެންނަނީ ނ. މާފަރުގެ ކުދިވެރިން އިސްކޮޅަށްވުރެ ބޮޑު ކަންނެލި އަތުރާލާމުން މަންޒަރެވެ. އެއީ ގާތްގަނޑަކަށް 30 އާއި 35 ކިލޯ އާއި ދެމެދުގެ ކަންނެލިއެވެ.
"ޒުވާން ކުދިންތަކަކަށް ރަށުގެ އިރުމަތިން ކަޅު އައިނެއް ފެނުނީމަ ޑިންގީ އެއްގައި ގޮސް ބެލީ ކޯއްޗެއްތޯ، އެއީ ކަންނެލިކަން ޔަގީންވީމަ ތިނެއް ޖެހިހާއިރު ދާ އަޅައިގެން މަސައްކަތްފެށީ" މި މަސައްކަތުގައި އެންމެ އިސްކޮށް އުޅޭ ހަސަން އަބްދުﷲ "ހަތާވީސް" އަށް ކިޔައިދިނެވެ.
ހަސަން ބުނީ ދެ ބުރެއްގެ މަތިން ދާ އަޅައިގެން 400 އަށް ވުރެ ގިނަ މަސް ހިފިކަމަށެވެ. އެއީ ދިޔަވަރުވެސް ބޮޑުވެފައި އޮއްވާއެވެ. އެ ރަށުގެ 185 ގެއަށް، ކޮންމެ ގެއަކަށް ދެ ކަންނެލީގެ އުސޫލުން މަސް ބެހުމުގެ މަސައްކަތް މާފަރު ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ.
މަދުން ނަމަވެސް ކަންނެލި އައިނުތައް އެ ރަށުގެ ފަޅު ތެރެއަށް ވަދެއުޅެއެވެ. އެކަމަކު އާއްމު ގޮތެއްގައި މާފަރު ފަޅުތެރެއަށް ރިތް މަސް ވަނދެއުޅެއެވެ. އެހެން ހިފާ ރިތް މަސްވެސް ހަމަހަމައަށް ރަށުގެ ހުރިހާ ގެތަކަށް ބަހައެވެ. ހަސަން ބުނީ މިއީ 2000 ގެ އަހަރުތަކުގައި މިހާ ބޮޑެތި ކަންނެލިތައް ރަށުގެ ފަޅުތެރެއަށް ވަދެއުޅޭ ފުރަތަމަ ފަހަރު ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ﷲ ނިޢުމަތް ދެއްވަނީ އެކި ސިފާާގައެވެ. ބިމުގެ ތަނަވަސްކަން އިތުރުކުރުމަށް ބޮޑު ފަޅެއް އޮވެފައި އާމްދަނީ ހޯދުމަށް ، ލިބުމަށް އިންޓަރ ނެޝަނަލް އެއަރޕޯޓެއް އެޅިފައި އެކިދުވަސްވަރު ރިތްމަސް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ކަންނެލިފަދަ ރިޒުގުލިބި ، އެއަރޕޯޓް އޮތުމުން ރަށަށް ގިނަބަޔަކު އަރާފޭބުމަކީ ނިޢުމަތެވެ. ކުރަންވީ ކަމަކީ ﷲ އަށް ރައްޔިތުން ޝުކުކުރުމެވެ.
ޒަކީ