އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަން ކުރައްވާ މާލެ ސިޓީ ކައުންސިލުން ހުރަސް އަޅަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާ މާރިޔާ ވިދާޅުވީ އެމްޑީޕީން މާލޭގައި ކެމްޕޭނު ޖަލްސާއެއް ބޭއްވުމަށް ސިޓީ ކައުންސިލްގައި އެދެމުންދާ ކަމަށެވެ. އެންމެ ފުރަތަމަ އެކަމަށް އެދެމުން އެހެން އިވެންޓެއް އޮތުމުން ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިނުވާ ކަމަށެވެ. ޖަލްސާ ބާއްވަން އެދުނީ ކޮން ތަނެއްގައި ކަމެއް މާރިޔާ ވިދާޅެއް ނުވެއެވެ. ނަމަވެސް ވިދާޅުވީ ކައުންސިލުން އެ ހުއްދަ ދިނުމަށް ދެކޮޅު ހަދަނީ ކަމަށެވެ.
"އަނެއްކާވެސް އެދުނީމަ އެރޭ އެހެން ބަޔަކު ހިފާފައޭ ވިދާޅުވާއިރު، އެތާގެ ތެރޭގައި އުޅުއްވާ ކައުންސިލަރުން އަޅުގަނޑުމެން ގާތު އެބަ ވިދާޅުވޭ އެކަމެއް ނެތޭ." މާރިޔާ ވިދާޅުވިއެވެ.
އަނެއްކާވެސް މި ފެންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހުދު މުހުތާރު ސިފަތައްކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ މާރިޔާ ވިދާޅުވީ ގާނޫނުއަސާސީގައި ވާދަވެރި ސިޔާސީ ނިޒާމެއް ހިމަނާފައި ވަނީ ރައްޔިތުންނަށް ފައިދަވާކަންތައް ކުރެވޭނެތީ ކަމަށެވެ.
މި ފަހުން ޕީޕީއެމްގެ މެނިފެސްޓޯ ލޯންޗުކުރަން ހުޅުމާލޭ ފޭސް ދޭއްގައި ޖަލްސާއެއް ބޭއްވިއެވެ. އެ ޖަލްސާއަށް އާބަންކޯއިން ހުއްދަ ދިން ކަމަށާއި ވާދަވެރި ސިޔާސީ ފަރާތްތަކަށް ހުއްދަ ދިނުމަށް ސަރުކާރުން އަހައްމިއްޔަތުކަންދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
"އެކަމަކު ސިޓީ ކައުންސިލްގެ މާލޭގެ މޭޔަރެއް ހެން ހުންނަވައިގެން އެ ވަޑައިގަންނަވަނީ ގާނޫނު އަސާސީގައިވާ ގޮތަށް ކަންކަން ނުކުރައްވާ އެކި ގޮތް ގޮތުން ސަރުކާރަށް ނުވަތަ އެމްޑީޕީގެ ހުރަސް އެޅުމަށް މަސައްކަތް ކުރައްވަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ