ސްކޫލުތަކުގައި ކިޔަވާ ދޭ ޓީޗަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ޓީޗަރުންނަށް، މޫނު އަޅައިގެން ކިޔަވާ ދެވޭ ގޮތަށް މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު ބަދަލުކޮށްފިއެވެ.
މީގެކުރިން މޫނު އަޅައިގެން ސްކޫލުތަކުގައި ކިޔަވައި ދިނުން އޮތީ މަނާ ކޮށްފައެވެ. އެ މައްސަލާގައި މީގެކުރިން އެޑިއުކޭޝަން މިނިސްޓްރީ އަށް ބައެއް ފަރާތްތަކުން ފާޑުވެސްކިއެވެ.
އެހެންނަމަވެސް އެ އުސޫލު އިސްލާހުކޮށް މިއަދު ގެޒެޓު ކޮށްފައިވާއިރު އެ އިސްލާހުގައި ބުނެފައި ވަނީ އުމުރުން 10 އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭ މޫނުބުރުގާ އަޅާ މުދައްރިސުން މޫނު ހާމަކުރުމަށް އެކަށީގެންވާ މާހައުލެއްގައި ކިޔަވައިދޭއިރު ދަރިވަރުންގެ ކުރިމަތީގައި ހުންނަން ވާނ،ީ ކާކުކަން އެނގޭ ގޮތަށް ސްޓާފް ކާޑު އަޅައިގެން މޫނު ފެންނަ ގޮތަށް ކަމަށް ބުނެފައިވެއެވެ.
އެ އުސޫލުގައި ބުނެފައިވާ ގޮތުގައި މޫނުބުރުގާ އަޅާ މުވައްޒަފުން ދަރިވަރުންނާ މުއާމަލާތުކުރާ ހުރިހާ ވަގުތެއްގައި ވެސް ސްޓާފް ކާޑު އަޅައިގެން ހުންނަން ވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.
ސަރުކާރުން މި އުސޫލު ބަދަލު ކުރުމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނީ އެގޮތަށް އެ އުސޫލު ބަދަލުކުރީ އެޕާޓީން އެދިގެން އަދި އެޕާޓީން ހުށަހެޅި ގޮތަށް ކަމަށެވެ.
"ތައުލީމީ ދާއިރާގައި ތިއްބެވި ނިގާބުކުރައްވާ އުހުތުންނަށް އިސްލާމީ ހެދުމުގައި ވަޒީފާ އަދާކުރުމަށް އޮތް ފުރުސަތާމެދު އަރާފައިވާ އޮޅުން ފިލާނޭހެން އުސޫލު އިސްލާހުކުރެއްވި ކަމަށްޓަކައި މިނިސްޓަރ އައިޝަތު އަލީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އަދާލަތުން ބުންޏެވެ.
އިތުރަށް އެޕާޓީން ބުނީ މޫނު އަޅައިގެން ކިޔަވައި ދިނުން ކުރީ ސަރުކާރުން އޮތީ "މުތުލަގަށް" މަނާކޮށްފައި ކަމަށެވެ. އެޕާޓީން ބުނީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާ ކުރުމަށް ރައީސް ސޯލިހާއެކު ފަހި ފުރުސަތެއް އެބައޮތް ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ