ސަރުކާރުގެ މިނިސްޓްރީތަކުގެ "ބެކް" އޮފީސް މަސައްކަތް ރަށްރަށުގެ ކައުންސިލްތަކަށް ކުރެވޭނެ އިންތިޒާމު ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރ. ކިނޮޅަހު ބަނދަރުމަތީގައި މިއަދު ބޭއްވި ކެމްޕޭނު ޖަލްސާގައި ރައީސް ވިދާޅުވީ ހެޔޮވެރިކަމުގެ ތެރެއިން ލާމަރުކަޒީކޮށް ބާރުތައް ދޫކޮށްލައި ރައްޔިތުންނާ ވީހާ ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. ކޮންމެ ކަމެއްގައި ރައީސް އޮފީހަށް ސިޓީލިޔެގެން ގޮތް ނިންމަންވެއްޖެނަމަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރަން ބޭނުންވާ ކަންތައްތަކެއް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އަދި ހެޔޮވެރިކަމެއްވެސް ނުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ރާއްޖެއަށް ގެނެވޭ ތަރައްގީގެ މުހިއްމު ބަޔަކީ ލާމަރުކަޒީކޮށް ބާރުތައް ދޫކޮށްލުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބާރުތައް މިހާރަށްވުރެވެސް ބޮޑަށް ދޫކޮށްލަންވީ ކަމަށެވެ.
"ސިޔާސަތުތައް ކަނޑައަޅާފައި ކަންކުރަންވީ ގޮތް ނިންމާފައި ދޫކޮށްލަންވީ ކައުންސިލަތަކަށް. ބަޖެޓުވެސް ދޫކޮށްލަންވީ ވީހާވެސް ބޮޑަކަށް" ކުރިއަށް އޮތް ދައުރަށް ހެޔޮވެރިކަމުގެ ސިޔާސަތު ކަނޑައެޅިއިރު ކައުންސިލްތައް ބާރުވެރިކުރުމާއި އެކު ބަޖެޓު ބޮޑުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި ކަންކަން ނިންމުމުގައި މިންތީގެ ހަމަހަމަކަން މިހާރަށްވުރެ ބޮޑަށް ފުޅާކުރައްވާނެ ކަމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.
އެއަށް ފަހު ރައީސް ވިދާޅުވީ މިނިސްޓްރީތަކުގެ މަސައްކަތައް އަތޮޅު ތެރެއަށް ދޫކޮށްލުމަކީވެސް އެމްޑީޕީގެ ސިޔާސަތެއް ކަމަށެވެ.
" ރިމޯޓް ވޯކިން އުސޫލުން މިނިސްޓްރީގެ ބެކް އޮފީހުގެ މަސައްކަތްތައް ކުރެވެން އެބަހުރި. ޑިޖިޓަލީ އެކަން ކުރެވެން އެބަހުރި. ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ބައެއް މިނިސްޓްރީގެ ތަކުގެ ބެކް އޮފީހުގެ މަސައްކަތަތައް ރަށްރަށުގެ ކައުންސިލަތްކާއި އެކީގައި ހަވާލުކޮށްގެން ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައި" އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ ނަތިއްޖާއަކަށްވާނީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް ތަނަވަސްވެގެން ދިޔުން ކަމަށް ވިދާޅުވިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި