ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ބައެއް ފަރާތްތަކަށް ފުށިދިއްގަރު ފަޅުންނާއި ހުޅުމާލެ އިން ފްލެޓު ލިބޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ދޫކޮށްފައިވާ ލިޔުންތައް ހައުސިން މިނިސްޓްރީ އަށް ހުށަހެޅުމަށް އެ މިނިސްޓްރީން އެދިއްޖެއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ 2018ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން "ހިޔާ އެކޮމްޕްލިޝްޑް" ކިޔާ ޕްރޮގްރާމަކުން ފުށިދިއްގަރު ފަޅުން ގޯއްޗާއި، ހުޅުމާލެއިން ފުލެޓު ލިބޭނެކަން ބަޔާންކޮށް ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ލިޔުންތަކެއް މިހާރު އެ މިނިސްޓްރީއަށް ބައެއް ފަރާތްތަކުން ހުށަހަޅަމުން ގެންދާ ކަމަށެވެ.
"ނަމަވެސް މިދެންނެވިފަދަ އެއްވެސް ލިޔުމެއް ދޫކޮށްފައިވާކަމުގެ ރެކޯޑެއް ސަރުކާރު ބަދަލުވިއިރު މި މިނިސްޓްރީގައި ނެތްކަން ފާހަގަ ކުރަމެވެ،" ހައުސިން މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން ގޯއްޗާއި ފުލެޓު ލިބޭނެކަމަށް ބުނެ ދޫކޮށްފައިވާ އެފަދަ ލިޔުންތައް އެކި ފަރާތްތަކުން އެ މިނިސްޓްރީއަށް ހުށަހަޅަމުން ގެންދާތީ، އެކަން ހިނގާފައިވާ ގޮތް ބެލުމަށާއި އަދި ލިޔުން ޙަވާލުކޮށްފައިވާ މީހުންގެ އަދަދު ދެނެގަނެ އެ މައްސަލައަށް ޙައްލު ހޯދައި ދެވޭނެ ގޮތެއް ބަލަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެފަދަ ލިޔުން ލިބިފައިވާ ފަރާތްތަކުން އެ ލިޔުންތައް އަންނަ މަހުގެ 15ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ހައުސިން މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. އަދި ބުނީ އެގޮތުން ލިޔުން ހުށަހަޅުއްވާއިރު ލިޔުމާއި ޙަވާލުވިތަނާއި ތާރީޚް އެނގޭނެ ގޮތަށް ސިޓީއަކާއެކު ހުށަހެޅުމަށް ދަންނަވަމެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ހުސްދޮގު. ލިޔުން ހަވާލުކުރީ މިނިސްޓްރީގެ ލިސްޓެްގައި ލިޔުމާއި ހަވާލުވާކަން އެނގޭގޮތަށް ސޮއިކުރުވާފައި. ކަލޭމެން އެއެއްޗެހި މައްތާލިއްޔާ ނައްތާލީ. ފަސް އަހަރުވީއިރު ތިއިންވާހަކައެއް ނުދައްކާ. ވޯޓަށް ފަނަރަ ދުވަހަށްވީމަ މިހާރު ލިޔުންލިބުނު މީހުން ހަނދާންވެގެން ތިއުޅެނީ
މައިނާ