މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވަރަށް ހާއްސަ ކެމްޕެއިން އިވެންޓެއް މާދަމާ ރޭ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީން ބުނީ މާދަމާ ރޭ 8:00 ގައި މާފަންނު ސޯޝަލް ސެންޓަރުގައި ބާއްވާ އެ ހަރަކާތަކީ އެ ޕާޓީން އާއްމުކޮށް ބާއްވާ ޖަލްސާތަކާއި މުޅިން ތަފާތު، އާ ކޮންސެޕްޓަކަށް ބާއްވާ އިވެންޓެއް ކަމަށެވެ.
މާދަމާ ރޭ ބާއްވާ އެ ހަރަކާތަކީ ރާއްޖޭގެ ސިޔާސީ ހަރަކާތްތަކަށް އެމްޑީޕީއިން އަލަށް ތަޢާރަފްކުރާ ކަންތަކުގެ ލިސްޓަށް އިތުރު ވެގެންދާނެ ނަމްބަރެއް ކަމަށް އެމްޑީޕީން ބުންޏެވެ.
އެ އިވެންޓްގައި އެމްޑީޕީއިން ކުރިއަށް އޮތް ފަސް އަހަރަށް ހުށަހަޅާ މެނިފެސްޓޯގެ ފަހު ބައިކަމަށްވާ އިގްތިސޯދީ މެނިފެސްޓޯ ހުށަހެޅުން އޮންނާނެއެވެ. އެ އިވެންޓްގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން