ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އީލޮން މަސްކުގެ ސްޓާލިންކަށް ދިވެހިރާއްޖޭގައި އިންޓަނެޓް ހިދުމަތް ދިނުމުގެ ލައިސެންސް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް ދީފިއެވެ.
ލައިސެންސް ދޫކޮށްފައިވަނީ އެ ހިދުމަތް ދިނުމަށްޓަކައި ސްޓާލިންކުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ސްޓާލިންކް ސާވިސަސް މޯލްޑިވްސްއަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލައިސަންސް ލިޔުން އެ ކުންފުންޏާ ހަވާލުކޮށްދެއްވީ ކޮމިއުނިކޭޝަންސް މިނިސްޓަރު އައިމިނަތު ޝައުނާއެވެ. ސްޓާލިންކުގެ ފަރާތުން ލައިސެންސާ ހަވާލުވެވަޑައިގަތީ ސްޕޭސްއެކްސް ކުންފުނީގެ ސީނިއާ ޑިރެކްޓާ ގްލޯބަލް ލައިސަންސިން އެންޑް އެކްޓިވޭޝަން ރަޔަން ގުޑްނައިޓްއެވެ.
ސްޓާލިންކަށް ލައިސަންސް ދޫކުރެވެނީ ދޮޅު އަހަރު ދުވަހުގެ މަސައްކަތަށް ފަހުގައި ކަމަށް އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިއުނިކޭޝަން މިނިސްޓަރު ޝައުނާ ފާހަގަކުރެއްވިއެވެ.
ސްޓާލިންކް އަކީ ރާއްޖޭގައި އިންޓަނެޓް ހިދުމަތް ދިނުމުގެ ލައިސެންސް ލިބުނު ހަތަރު ވަނަ ކުންފުންޏެވެ.
ސްޓާލިންކަކީ ސްޓްރީމިން، އޮންލައިން ގޭމިން، ވީޑިއޯ ކޯލް ފަދަ ކަންކަމަށް އެހީތެރިވުމުގެ ގާބިލްކަން ލިބިފައިވާ ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށްދިނުމަށް ލޯ އާތު އޯބިޓެއް ބޭނުންކޮށްގެން ދުނިޔޭގެ ފުރަތަމަ އަދި އެންމެ ބޮޑު ސެޓެލައިޓް ކޮންސްޓަލޭޝަންއެވެ. ސްޕޭސް އެކްސް އިން ސްޓާލިންކް ސެޓެލައިޓްތައް ލޯންޗް ކުރަން ފެށީ 2019 ވަނަ އަހަރުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ