މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ކުރީގެ ކައުންސިލް މެންބަރު މުހައްމަދު ފައިސަލް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ސޮއި ކުރައްވައިފިއެވެ.
އެމްޑީޕީން ބުނީ ފައިސަލް ސޮއި ކުރެއްވިއިރު އިތުރު 74 މެންބަރުންގެ ފޯމު ވެސް އޭނާ ހުށަހެޅުއްވި ކަމަށެވެ. ފައިސަލް ސޮއި ކުރެއްވި ފޯމާއި ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
އެމްއާރްއެމް ދޫކުރައްވާ އެމްޑީޕީ އަށް ސޮއި ކުރެއްވީ ކޮން ސަބަބަކާއި ގުޅިގެންތޯ "ހަތާވީސް" އިން މިރޭ ސުވާލު ކުރެއްވުމުން ފައިސަލް ވިދާޅުވީ ރައީސް ސޯލިހަކީ ރައްޔިތުން ގޮވައިގެން އުޅެވޭނެ ވަރުގެ ލީޑަރެއް ކަމަށެވެ. އަދި އެމަނިކުފާނު ރައްޔިތުންނަށް ވީ އެތައް ވައުދުތަކެއް މިއަދު ފުއްދަވައި ދެއްވާފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
"ދެން އެމްއާރްއެމްގެ ރިޔާސީ ކެންޑިޑޭޓު ފާރިސް މައުމޫން މަސައްކަތް ކުރައްވަނީ މަޖިލިސް އިންތިހާބަށް. އެއްވެސް ވަރަކަށް ރިޔާސީ އިންތިހާބަށް ސީރިއަސް ކެމްޕެއިނެއް ކުރައްވާތަނެއް ނުފެނޭ،" އޭނާ ވިދާޅުވިއެވެ.
ފައިސަލްގެ އިތުރުން އެމްއާރްއެމްގެ ޒުވާނުންގެ ކައުންސިލް ރައީސް އިބްރާހީމް ފަރުހާދާއި އެމްއާރްއެމްގެ ސުލޫކީ ކޮމެޓީގެ މެންބަރު ވެސް ވަނީ ސޮއި ކުރައްވާފައެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން