މިއަދަށް އެޖެންޑާ ކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ޖަލްސާ، ކޯރަމް ހަމަ ނުވުމުން ނުބޭއްވުނެވެ.
މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގަތީ 13 މެންބަރުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިންނެވެ. މަޖިލީހުގެ ކޯރަމަކީ 22 އެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ކޯރަމްގެ ރަނގަބީލު ޖަހާ އޭގެ ފަހުން ވެސް ވަގުތު ހަމަވި ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މަޖިލިސް ޖަލްސާ ފެށޭނެ މިންވަރަށް މެންބަރުން ހާޒިރުވެފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ މަޖިލީހުގެ ތިންވަނަ ދައުރު މިދިޔަ ހޯމަ ދުވަހު ފެށިއިރު މިހާތަނަށް ބޭއްވުނީ އެންމެ ދެ ޖަލްސާއެވެ.
ނަމަވެސް ކޮމެޓީތަކުގެ މައްސަލަ ހަމައަކަށް އެޅުވިފައި ނުވާތީ ޖަލްސާތައް ކުރިޔަށް ގެންދެވޭނެ ގޮތެއް ނުވެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ