ހުރިހާ ރައްޔިތުންނާ މެދު އަމަލަކުކުރައްވަނީ ހަމަހަމަ އުސޫލަކުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ގއ. އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގެމަނަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްފަރާތް ކޮށްލެއްވުމަށް ފަހު ހުރިހާ ރައްޔިތުންވެސް ރަށުގެ ތަރައްގީއަށް އިސްކަން ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެކަމުގައި އެހެން ޕާޓީތަކުންވެސް ބައިވެރިވުމަށް މުއިއްޒު ދައުވަތު ދެއްވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާ ވެވަޑައިގަންނަވަމުން ގެންދަވާ ވައުދުތަކަކީ ހަމައެކަނީ ޕީޕީއެމްއަށް ތާއިދުކުރާ މީހުންނަށް ވަމުންދާ ވައުދުތަކެއް ނޫން ކަމަށެވެ. އެއީ ހުރިހާ ރައްޔިތުންނަށްވެސް ވެވަޑައިގަންނަވަމުން ގެންދަވާ ވައުދުތަކެއް ކަމަށް ވިދާޅުވިއެވެ. ދެއްވި ޔަގީންކަމީ ސިޔާސީ ފިކުރަކަށް ތަފާތު ނުކުރައްވާނެ ކަމެވެ.
""... އެންމެންނަކީ ހަމަހަމަ ބައެއް. ވަކި ޕާޓީއަކަށްވީމަ ތަފާތެއް ނުކުރާނަން. ހުރިހާ ރައްޔިތުންނަށް ހަމަހަމަކަން ދެން. ތަރައްގީއަށްޓަކައި އެންމެން އެކަތިގަނޑަކަށްވުމަށް އެދެން" ޕީއެންސީގެ ކެންޑިޑޭޓް ވިދާޅުވިއެވެ.
ވެރިކަމަށް ހޮވިވަޑައިގެންފިނަމަ ރައްޔިތުންނަށް އަނިޔާވެރިނުވާނެ ކަމަށާއި އެންމެންނަށް ހަމަހަމަކަމާއި އެކު އިންސާފު ގާއިމްކޮށްދެއްވާނެ ކަމަށް ކެމްޕޭނު ޖަލްސާތަކުގައި މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވެފައިވެއެވެ.
ގެމަނަފުށީގައި ބަނދަރު ބޮޑުކޮށް ތަރައްގީކުރުމާއި، ބިން ހިއްކުމާއި ބޮޑެތި މަގުތައް ހެދުން އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ހިންގާނެ ކަމަށް މުއިއްޒު ވައުދު ވެވަޑައިގެންނެވިއެވެ. މަލްޓި ޕާޕަސް ހޯލާއި، އެރަށާއި ކައިރީގައި އޮތް ފަޅު ރަށް، މާރެހާ ގައި ރިސޯޓެއް ތަރައްގީކުރަންވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ޑރމުއިއްޒުއާއިޑރޝަހީމަކީދީނީއިލްމުވެރިންތޯނުވަތަސިޔާސީބައެއްތޯއެވެކެމްޕޭނުދަތުރުގައިމިހައިތަނަށްކިތައްދޮގުހެދިދާނެތޯއެވެދޮހެދުމަކީއިސްލާމްދީންއެއްމެބޮޑައްމަނާކުރައްވާފައިވާކަމެއްއިލްމުވެރިންނެއްއެފެންވަރަކަށްދޮގެއްނުހައްދަވާނެ
އިއްބެތިޔަހެންމުއިއްޒުވިދޅުވާއިރުމުއިއްޒުކުރީގެވެރިކަމުގައިކަންތައްކުރިގޮތްހަނދާންއެބަހުރިތޯއެވެމާލޭސިޓީކައުންސިލަށްއެކަނިވިހާމަރުވާހަވާލުކުރިދުވަސްހަނދާންއެބަހުރިތޯއެވެ
އިއްބެކުރިންވެސް ކުރި. ޢަދިވެސް ކުރާނެ!
އަހުމަދު