ހުޅުމާލޭގައި ޖާހް ކޮންސްޓްރަކްޝަންގެ ފަރާތުން ތަރައްގީ ކުރަމުންދާ ހައުސިން ޔުނިޓްތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެތަނުގެ ނުނިމި ހުރި މަސައްކަތްތައް އިތުރަށް ދެނެގަނެ، މަސައްކަތްތައް ނިންމުމަށް ލަފާ ހޯދުމަށް އިންޑިޕެންޑަންޓް ކޮންސަލްޓަންޓެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އާބަންކޯ އިން ބުނެފިއެވެ.
އާބަންކޯ އިން މިއަދު ބުނީ އެ ފްލެޓުތަކުގެ މަސައްކަތް ނުނިމި، މިކަމުގެ ސަބަބުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކަށްވާ ގެއްލުންތައް ކުޑަކޮށް ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް އެކުންފުނިން ދަނީ ޖާހް އާއި މަޝްވަރާކުރަމުން ކަމަށެވެ.
މިނިވަން ކޮންސަލްޓަންޓެއް ހޯދަނީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި، ދަ ގާރޑަންސް އިން އެޕާޓްމަންޓްތައް ގަނެފައިވާ ކަސްޓަމަރުންނަށް ވެސް ގެއްލުން ކުޑަކޮށް، ޕްރޮޖެކްޓް ނިންމުމަށް ކަމަށް އާބަންކޯ އިން ބުނެއެވެ.
މިގޮތުން، އިންޑިޕެންޑަންޓް ކޮންސަލްޓަންޓްގެ މަސްޢޫލިއަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތް އަގުކޮށް، އެ މަސައްކަތް ކުރާނެ ގޮތެއް ކަނޑައެޅުން ހިމެނެއެވެ.
އަދި މި ހޯދުންތަކަށް ބިނާކޮށް ކޮންސަލްޓަންޓް ދެއްވާ ލަފާގެ މަތިން އައު ކޮންޓްރަކްޓަރަކާއި މަސައްކަތް ހަވާލު ކުރެވޭނެ ކަމަށް އާބަންކޯ އިން ބުނެއެވެ.
އަދި، މި މަސައްކަތް ކުރަމުން ދާއިރު، ދަ ގަރޑަންސް ގެ ކަސްޓަމަރުންނާއި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކުރެވޭނެ ކަމަށްވެސް އާބަންކޯ އިން ބުންޏެވެ.
ބަދަލު ދިނުމުގެ ޒިންމާ ނަގާނީ ޖާހް އިންވެސްޓްމަންޓުންނެވެ.
އާބަންކޯ އިން ބުނީ އެ ކޯޕަރޭޝާންގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ މުޢާމަލާތްތައް ބަލާ ދެ ފަރާތައްވެސް ގެއްލުން ނުވާނެހެން، 2024 ވަނަ އަހަރު ޖަނަވަރީ މަހު ނިންމާލުން ކަމަށެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން