ގއ. ގެމަނަފުށީގެ ބިން ހިއްކާ އެރަށު ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މާރެހާގައި ރިސޯޓު ތަރައްގީ ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނުގައި ގއ. ގެމަނަފުއްޓަށް ވަޑައިގެން މުއިއްޒު ވަނީ އެމަނިކުފާނު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު އެރަށުގެ ބަނދަރު ހަދާފައިވާނެ ކަމަށާއި އެހެންނަމަވެސް އެރަށުގެ ބަނދަރު އަދިވެސް ބޮޑު ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
މުއިއްޒުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ގެމަނަފުއްޓަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އެއް ކަންތައް ކަމަށްވާ ގެމަނަފުށީގެ ބިން ހިއްކައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެރަށުގެ ބިން ހިއްކާ ބޮޑު ކުރުމުން ނޭޝަނަލް ހައުސިން ޕޮލިސީގެ ސަބަބުން ރަށަށް ފައިދާ ކުރާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ގެމަނަފުށި ހިމެނޭ ސަރަހައްދުގައި ފަތުރުވެރިކަން ފުޅާ ކުރުމަށްޓަކައި އެރަށް ކައިރީގައި އޮންނަ މާރެހާގައި ރިސޯޓެއް ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެރަށުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި އިންވެސްޓަރުން ހޯއްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ވެސް މުއިއްޒު ވަނީ ގެމަނަފުށި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލު ކޮށްދެއްވާ އެރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ރަށުގެ ބޮޑެތި މަގުތައް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ