އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނު މިހާރަށްވުރެ ބޮޑަށް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ދިނުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ސަޕޯޓަރުން ގާތު އެދިވަޑައިގެންފިއެވެ.
ކެމްޕޭނުގައި ރ. މަޑުއްވަރީ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހަށް ކުޑަތަން ވެފައިވާއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަނީ ފޯރާއި ޖޯޝާ އެކީގައި ސަޕޯޓަރުން މަސައްކަތް ކުރައްވަމުންގެންދަވާ މަންޒަރު ކަމަށެވެ.
އެއަށް ފަހު މުއިއްޒު އެދިވަޑައިގެންނެވީ ހަމަ އެގޮތުގައި މިހާރަށްވުރެވެސް ބާރު ސްޕީޑެއްގައި ކެމްޕޭނު ކުރިއަށް ގެންގޮސް ދިނުމަށެވެ.
"ކުރިއަށް އޮތް 10 ދުވަސްވެސް އެއަށްވުރެ ބާރު ސްޕީޑުގައި ކުރިއަން ދިޔުމަކީ އަޅުގަނޑު އެދޭ އެދުމަކީ. އެގޮތަށް މަސައްކަތް ކުރައްވާ. އިރާދަކުރެއްވިއްޔާ އިންތިހާބު އެއްބުރުން ކާމިޔާބުކުރަން ވަރުގަދަ އަޒުމެއްގައި މަސައްކަތް ކުރެއްވުން އެދެން" މުއިއްޒު ވިދާޅުވިއެވެ.
މަޑުއްވަރިން އެ މިސާލު ދައްކުވައިދޭނެ ކަމުގެ ޔަގީންކަން، އެ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވިއެވެ.
ކުރީގެ ހައުސިން މިނިސްޓަރުކަންވެސް ކުރައްވާފައިވާ މުއިއްޒު ވިދާޅުވި ގޮތުންމަ އެހެން ރަށްތަކެކޭ އެއް ފަދައިން މަޑުއްވަރިއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިމުގެ ދަތިކަން ކަމަށެވެ.
އެހެންވެ އެ ރަށުގައި ބިން ހިއްކަން މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ. އެ ބިމުގައި ގެދޮރު އެޅުމާއި ރައްޔިތުން ބޭނުންވާ އެހެނިހެން މަޝްރޫއުތައް ހިންގާނެ ކަމަށް ވިދާޅުވިއެވެ. އެ މަޝްރޫއުތައް ހިންގަން ފެށުމުން ޕީއެންސީން އިއުލާންކުރި ގެދޮރުވެރިކަމުގެ ސިޔާސަތުގެ ނަފާ އެ ރަށަށްވެސް ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ