އެމްޑީޕީ ވަކިވެ ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރި މަޖިލިސް މެމްބަރުން އެ ޕާޓީއާ ގުޅުނުކަން މަޖިލީހުގެ އިދާރާއަށް އަންގައިފިއެވެ.
ޕާޓީ ބަދަލުވިކަން މަޖިލީހުގެ އިދާރާއަށް ކުރިން އަންގާފައިވަނީ ތިން މެމްބަރަކެވެ. މިހާރު އެ ހުރިހާ މެމްބަރުންވެސް އަންްގާފައިވާ ކަމަށް ޑިމޮކްރެޓުން ބުނެއެވެ.
އެއީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އަދި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނެވެ.
އެ ތިން މެމްބަރުން ހިމެނޭހެން 14 މެމްބަރަކު ވަނީ ޑިމޮކްރެޓްސްއާ ގުޅިފައެވެ.
- މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
- މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
- މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
- ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
- މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
- އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
- ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
- ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
އިތުރު ދެ މެމްބަރުން ކަމުގައިވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފު އާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ސިޔާން ވެސް ޑިމޮކްރެޓުންނާ ގުޅުނެވެ. ނަމަވެސް މިދިޔަ ހަފްތާ ތެރޭގައި އެ ދެ މެމްބަރުންވެސް ވަނީ އަލިުން އެމްޑީޕީަށް ސޮއިކުރައްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ