ބ. ތުޅާދޫ އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ތުޅާދޫ އެއާޕޯޓަށް ބޭނުންވާ 44.70 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.
ތުޅާދޫ ހިމެނޭހެން ތ.ވިލުފުށި އަދި ށ. ބިލެތްފަހީގައި އެއާޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަންއާ ހަވާލުކުރި މި އަހަރުގެ ޖުލައި މަހުއެވެ.
އެ ތިން ރަށުގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން 42.4 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރާނެއެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 280 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއް ދަތުރުފަތުރުން ގުޅާލުމަށް، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނެޓުން ދެވޭ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ