ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ބާއްވަން ނިންމި ރިޔާސީ ބަހުސް ކެންސަލް ކޮށްފިއެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ދައުވަތު ދީގެން ބާއްވަން ނިންމާފައިވާ މި ބަހުސް ކުރިޔަށް ގެންދިއުމަށް ނިންމާފައި އޮތީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.
އެހެންނަމަވެސް ރިޔާސީ އިންތިހާބާއި ގުޅިގެން ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ ތަފާތު ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން ދާތީ އަންނަ މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ރާވާފައިވާ ޕީއެސްއެމްގެ ރިޔާސީ ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިނުވެވޭ ކަމަށް މިއަދު ޕީއެސްއެމް އިން ނެރުނު ބަޔާނެއްގައިވެއެވެ.
ޕީއެސްއެމް އިން ބުނީ އެ ކުންފުނިން ބާއްވަން ނިންމާފައިވާ ބަހުސް ފަހުގެ ތާރީހަކަށް ފަސް ކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެހެންކަމުން ޕީއެސްއެމްގެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމަށް އެކުންފުނިން ބުންޏެވެ.
ޕީއެސްއެމްގެ ވިސްނުން މިހާރު ހުރީ ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ބަހުސެއް ބާއްވަން ނިންމާފައިވާ އެހެން މީޑިއާތަކާއެކު ކުރިޔަށް ދިއުން ކަމަށް އެކުންފުނިން ބުންޏެވެ.
އެގޮތުން ސަންގު ޓީވީން ބާއްވާ ބަހުސްގައި ޕާޓްނަރު ވެގެން ބަހުސް ކުރިޔަށް ގެންދިއުމުގެ އިންތިޒާމުތައް ވަމުންދާ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ