އާބަންކޯއިން މުޖްތަމައުގެ އެކި ފަރުދުންނަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށްދީ، ދަނޑުވެރިކަން ހުޅުމާލޭގައި އިތުރުކުރުމަށް ހިންގޭ މަޝްރޫގެ ދެވަނަ ބުރުން ބިން ހޯދުމަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފައެވެ.
އެ ކޯޕަރޭޝަންގެ މަގްސަދަކީ މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއި އެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށްދިނުމެވެ.
އެގޮތުން މަޝްރޫއުގެ ދަށުން 673.28 އަކަފޫޓްގެ 12 ލޮޓް، 5 އަހަރުގެ ދުވަހަށް ކުއްޔަށްދޭ އުސޫލުން ދެވިގެންދާނެ ކަމަށް އާބްންކޯއިން ބުންޏެވެ.
އެ ކަމަށް އެދި ހުށަހެޅޭނީ، ހުޅުމާލޭގައި ދިރިއުޅެމުންދާ 18 އަހަރުވެފައިވާ ދިވެހި ރައްޔިތުންނަށެވެ. އަދި އަބާންފާމިންގް ގެ އެހެން ޔުނިޓް އެއް މީގެ ކުރިން ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެ މަޝްރޫއު ހިންގޭނީ ތިން ކެޓަގަރީއަކަށް، ކޮންމެ ތިން މީހުންގެ ގްރޫޕަކަށް ލޮޓެއް ލިބޭ އުސޫލުންނެވެ. ފުރަތަމަ ކެޓަގަރީ ފަރުމާކުރެވިފައިވަނި އަންހެނުން ބާރުވެރިކުރުވުމަށެވެ. އެގޮތުން ދޫކުރެވޭ ޔުނިޓް ތަކުގެ 50 އިންސައްތަ ވަނީ އަންހެނުންނަށް ހާއްސަ ކޮށްފައެވެ.
ދެވަނަ ކެޓަގަރީއަކީ ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީއެކެވެ. އެގޮތުން މި ކެޓަގަރީއަށް 25 އިންސައްތަ ހާއްސަކުރެވިފައިވެއެވެ.ތިން ވަނަ ކެޓަގަރީ އަކީ އާންމުކޮށް ހުޅުވާލެވޭ ކެޓަގަރީއެވެ. މި ކެޓަގަރީއަށް 25 އިންސައްތަ ހާއްސަކޮށްފައިވެއެވެ.
ޝައުގުވެރިވާ ފަރާތަތަކުން ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އާބަންކޯ ހެޑްއޮފީސް އަށް ފޯމް ހުށަހެޅުމަށް ވަނީ އެދިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ