ހުވަދޫ އަތޮޅު ތިނަދޫގައި ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށައިފިއެވެ.
އެ ހިދުމަތް ދިނުން އިފްތިތާހު ކޮށްދެއްވީ ބައެއް މަޝްރޫއުތައް އިފްތިތާހުކުރައްވަން އެ ރަށަށް ވަޑައިގެން އުޅުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
އެ ރަސްމިއްޔާތުގައި ހުވަދޫ އަތޮޅުން ފުރަތަމަ ފާސްޕޯޓަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. ގައްދޫއިން އެންމެ ފުރަތަމަ ޕާސްޕޯޓް ދޫކޮށްފައި ވަނީ އާތިފާ ގާސިމަށެވެ.
އިމިގްރޭޝަނުން ބުނީ ސީދާ ހުވާދޫ އަތޮޅުން ޕާސްޕޯޓުން ދޫކުރުން ވެގެންދާނީ އެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ފަސޭހައެއް ކަމަށެވެ.
މި ހިދުމަތަކީ ވެރިކަންކުރާ ރަށް މާލެއެކޭ އެއްފަދައިން ރާއްޖޭގެ އެހެނިހެން ރަށްތަކުގައިވެސް ރައްޔިތުންނަށް ހަމަހަމަކަމާއިއެކު އެއްއުސޫލަކުން ހިދުމަތްތައް ދެއއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެއް ކަމެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ