"ޕްލާންޓިން ދަ ސީޑްސް ފޮ ގްރީނާ ޓްމޯރޯ" ގެ ނަމުގައި މުޅި ދުނިޔޭގައި ހިންގާ 2،50،000 ގަސް އިންދުމުގެ ޕްރޮގްރާމްގައި ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެއްޖެއެވެ.
މި ޕްރޮގްރާމަކީ އިމާރާތްކުރުމުގެ ދާއިރާއާއި އިމާރާތްކުރުމުގެ ދާއިރާގެ މެޝިނަރީ އުފެއްދުމުގައިކުރިއަރާފައިވާ ޝްވިންގ ސެޓަރ އަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.
އެސްޓީއޯ އިން ބުނީ އެ ޕްރޮގްރާމްގެ ދަށުން އެސްޓީއޯ އިން މިއަދު މާލެ އަތޮޅު މާފުށީގައި ގަސް އިންދުން ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
އެސްޓީއޯގެ ފަރާތުން ފުރަތަމަ ގަސް އިންދަވައި ދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައީދުއެވެ.
ޝްވިން ސެޓަރ އިން ތިމާވެށީގެ ހިމާޔަތަށް ހިންގާ އެ ޕްރޮގްރާމް އެ ކުންފުންޏާއެކު ވިޔަފާރީގެ މުއާމަލާތް ހިންގާ 16 ގައުމެއްގައި މިއަދު ކުރިޔަށް ގެންގޮސްފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ޝްވިންގ ސެޓަރ އަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް އެސްޓީއޯއިން ގެންނަމުންދާ އިންގިލާބީ ބަދަލުތަކުގައި އެސްޓީއޯގެ ވިޔަފާރީގެ އެއް ބައިވެރިޔާއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ