ޕީޕީއެން/ޕީއެންސީ އަކީ ކަންކަން ކުރަން ކުރަން ތިބޭނެ ބައެއް ނޫން ކަމަށާއި އެކަން މިހާރުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ދިވެހި ރައްޔިތުންނަށް ދައްކުވައި ދީފައިވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މިއަދު ބ. ތުޅާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ތުޅާދޫގައި އެއާޕޯޓެއް އެޅުމަށް ނިންމާފައި އޮތް ނަމަވެސް އެ މަސައްކަތް މި ސަރުކާރުން ކުރަން ނުކުރަން އުޅޭ ކަމަށެވެ.
"ކުރަން ނުކުރަން އުޅޭ އެއާޕޯޓްގެ މަސައްކަތް ކޮށް ނިންމާފައި ދައްކަން. އަޅުގަނޑުމެންނަކީ ކުރަން ކުރަން އުޅޭ ބައެއް ނޫންކަން އެނގޭނެ،" ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުން ގާތުގައި ކަމެއް ކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ ނަމަ އެކަމެއް ކޮށްދެއްވާފައިވާ ކަމަށާއި އޭނާ ވެސް ހިނގާނީ ރައީސް ޔާމީން އެ ހިންގެވި މަގުން ކަމަށެވެ.
"ޝައްކު ނުކުރައްވާ. ރައްޔިތުން އެދޭ ކަންކަމުގައި އަޅުގަނޑުމެން ހުސް ވައުދެއް ނުވާނަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ސަރުކާރެއްގައި ކަންކަން ކުރާނީ އިހުލާސްތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އޭނާ ވަނީ ތުޅާދޫ އަށް ހައުސިން ޔުނިޓުތަކެއް ބޭނުންވާ ކަމަށާއި އެރަށަށް ބޭނުންވާ ވަރަށް ބިން ވެސް ނެތްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ބިން ހިއްކުމުގެ މަޝްރޫއުއަކާއެކު ހައުސިން މަޝްރޫއުތަކެއް ކުރިޔަށް ގެންދަވާނެ ކަމަށް މުއިއްޒު ވަނީ ތުޅާދޫ ރައްޔިތުންނަށް ވައުދުވެފައެވެ.
"އޭރުން 900 ރައްޔިތުންނަށް ތިޔަ ވިދާޅުވަނީ މިހާރުވެސް ގެދޮރު ބޭނުންވޭ. އެހެންވީމާ ފުދޭވަރެއްގެ ހައްލެއް އަޅުގަނޑުމެންގެ ޕޮލިސީގައި މިއޮތީ ގެދޮރުވެރިކަން ބޭނުންވާ ހުރިހާ އެންމެންނަށް ހައްލު ގެނެސްދޭ ވާހަކަ. އެއީ ހަމައެކަނި ހައުސިން ޔުނިޓަކުން ނޫން، ގޯތީގައި ގެދޮރު ބިނާ ކުރަން ފައިނޭންޝިއަލް އެކިއެކި އެހީތެރިކަން ލިބޭ ލޯނުތަކާއި އެއްކޮށް،" މުއިއްޒު ވިދާޅުވިއެވެ.
ތުޅާދޫގައި ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާ ބިމަކީ ރައްޔިތުން އެތަނެއްގައި ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ބިމެއް ނޫންކަން ފާހަގަކުރައްވާ މުއިއްޒު ވަނީ މި ސަރުކާރުން ކުރާ އެއްވެސް ކަމެއް ރައްޔިތުންނާއި މަޝްވަރާ ނުކޮށް ކުރާ ކަމަށް ވިދާޅުވެ، ފާޑު ވިދާޅުވެފައެވެ. އަދި އޭނާގެ ސަރުކާރެއްގައި އެއްވެސް ކަމެއް ރައްޔިތުންގެ މަޝްވަރާއާ ނުލާ ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ކުރަންކުރަންނުތިބެކުރީ5އަހަރުނުކޮށްދެނުނީކީއްވެމިއަދުތިޔަހެންބުނުމުގެފުރުސަތެއްމުއިއްޒަކަށްނެތް
އިއްބެ