އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެވަޑައިގަންނަވާ ވައުދުތައް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ކޮޕީކުރާ ކަމަށް ބުނެ ރައީސް ސޯލިހް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.
އިދިކޮޅަށް ރައީސް ފާޑު ވިދާޅުވީ ޅ. އޮޅުވެރިފުށީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ. އެމަނިކުފާނު އެ ވާހަކަ ވިދާޅުވުމުގެ ކުރިން ނެންގެވީ މިސާލަކެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނާ އެކު ކެމްޕޭނުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ޔޫތް ވިންގުން ރިޔާސީ ކެމްޕޭނު ދެކެނީ އެޕަލް އާއި އެންޑޮރޮއިޑުން ފޯނު އުފެއްދުމުގައި ގެންގުޅޭ ވާދަވެރިކަން ކަމަށެވެ.
"..އެޕަލް ފޯނާއި އެންޑްރޮއިޑްގެ ވާދަވެރިކަމުގެ ތެރޭގައި އުޅޭހެނޭ ހީވަނީ އެޕަލުން ބުނާނެއޭ މި ފަހަރު ތިމަންނަމެން ނެރޭ ފޯނުގައި ތިން ކެމެރާ ހުންނާނެޔޭ. ބުނާއިރަށް އެންޑްރޮއިޑް އިން ބުނާނެޔޭ ނެރޭފޯނުގައި ހަތަރު ކެމެރާ ހުންނާނެޔޭ" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ހައުސިން ލޯނު ހަ ޕަސެންޓަށްވުރެ ކުޑަ ކުރަން ވައުދުވުމާއެކު، ހަމަ އެއާއި ވިއްދައިގެން ވާދަވެރިން ވައުދުވީ ފަސް ޕަސެންޓަށް ކުޑަކޮށް ދިނުމަށް ކަމަށެވެ.
ރޯދަމަހުގެ ފަހު ދިހަ ދުވަސް ސަރުކާރުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ވައުދުވުމުން ވާދަވެރިން ވައުދުވީ ފަހު ދިހަ ދުވަސް ބަންދުކުރަން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުންނަމަ ވާދަވެރިން ކުރައްވަމުން ގެންދަވާ ކަމަކީ އެމަނިކުފާނު ވެވަޑައިގަންނަވަމުން ގެންދަވާ ވައުދުތައް ކުޑަކޮށް ބަދަލުކޮށްލުމެވެ.
"އެއްޗެއް ބުނާއިރަށް ކުޑަކޮށް ބަދަލުކޮށްލާފައި ބުނަމުން އެދަނީ" ވާދަވެރިންނަށް ފާޑުކިޔުއްވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް، އެ ރަށުގައިވެސް ތަކުރާރު ކުރެއްވި ވާހަކައަކީ އެމްޑީޕީއާ އެ ޕާޓީއާ ގުޅިފައިވާ ކޯލިޝަނުން އިންތިހާބު އެއްބުރުން ކާމިޔާބުކުރާނެ ކަމެވެ.
"މިއަދު ވޯޓު ނެގިޔަސް އެއްބުރުން ކާމިޔާބު ކުރާނަން. އަދި މާދަމާ ވޯޓު ނަގާފިއްޔާ އެއަށްވުރެ ރަނގަޅުވާނެ. ނުވައެއް ސެޕްޓެމްބަރުގައި ވޯޓު ނަގައިފިއްޔާ މާ ބޮޑުތަނުން އަޅުގަނޑުމެން ކާމިޔާބުކުރާނަން" ރައީސް ވިދާޅުވިއެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ