ހިންދޫ ދީން ފަތުރަން ރާއްޖެއައި އިންޑިއާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހިންދޫ ދީނާ ގުޅޭ ކްލާސްތަކެއް ބާއްވަން ހަދާފައިވާ އިސްތިހާރު ޕޯސްޓަރުތަކެއް މިއަދު ސޯޝަލް މީޑިއާގައި މިއަދު ދައުރާވަން ފެށިއެވެ.
ސޯޝަލް މިޑީއާގައި އާއްމުވި ޕޯސްޓެއްގައިވާ ގޮތުން ނަމަ އެ ކްލާސްތައް ނަގައިދެނީ ގަނޭޝް ޑުބޭ ނަމަކަށް ކިޔާ ހިންދޫންގެ ފާދިރީއެކެވެ. އެ ކްލާސްތައް ބާއްވަން ނިންމާފައިވަނީ އުނިމާ ގްރޭންޑުގައެވެ.
މާލޭގެ ހޮޓަލެއްގައި "ސްޕިރިޗުއަލް ހީލާއެއް"ގެ ނަމުގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގަން އިސްތިހާރު ކުރާ ކަމުގެ މައުލޫމާތު ލިބިގެން އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
ފުލުހުން މިޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އަދި އެ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ހިލާފު ކަމަކަށްވާތީ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ