ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާ އެޕާޓީއާއެކު ކުރިޔަށް ދިއުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޅ. ނައިފަރަށް ވަޑައިގެން އެރަށުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވަނީ ނައިފަރުގެ މަދަރުސަތުލް އިފްތިތާހަކީ ރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ ސްކޫލުތަކުގެ ތެރޭގައި ހިމެނޭ ސްކޫލު ކަމަށެވެ. އެ ސްކޫލުން ކިޔެވި އެތައް ދަރިވަރުންނެއް މިއަދު ސަރުކާރުގެ މަތީ މަގާމުތަކާއި އަދިވެސް އެހެނިހެން ދާއިރާތަކުގެ އިސް މަގާމުތަކުގައި ތިއްބެވިކަން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން ރައީސް އިޝާރާތް ކުރެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް)ގެ ނަންފުޅެވެ. ސިޔާމަކީ ވެސް ނައިފަރުގެ އިފްތިތާހް ސްކޫލުން ތައުލީމު ހާސިލް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވަނީ މިއަދު ސިޔާމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފުންނާބު އުސް ބޭފުޅާގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
"އެއީ ޝައްކެއް ކުރެވެން އޮތް ކަމެއް ނޫން. މުޅި އިންޑަސްޓްރީ އަށް ބޮޑެތި ބަދަލުތަކެއް ގެނުވައިފި. ކޮވިޑްގެ އެންމެ ދަތި ހާލަތުގައި ވެސް އެންމެ ހިކުމަތްތެރިކަމާއެކު އެ އިންޑަސްޓްރީ ކޮޅަށް ޖެހުމެއް އިސްވެ މަސައްކަތް ކުރެއްވި. އަޅުގަނޑަށް އޭރުވެސް ލަފާ ދެއްވި،"
"މިއަދުވެސް އަޅުގަނޑާ އެކުގައި ހުންނެވި ކަމީ ކުރިޔަށް އޮތް ރިޔާސީ ދައުރުގައި އަޅުގަނޑުމެންގެ އިގްތިސޯދީ އެޖެންޑާ ތަންފީޒު ވެގެން ދާއިރު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ސިޔާމްއެކޭ އެއްފަދައިން ދެގޮތެއް ނުވެ އަދާލަތު ޕާޓީ އެމްޑީޕީއާއެކު ދެމި އޮތުމަކީ ވެސް ރައީސް އެކަމަށްޓަކައި އުފާ ކުރައްވާ ކަމެއް ކަމަށް ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި