އަންނަ މަހުގެ 9ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ދޭ ވޯޓަކީ ހަމައެކަނި ތިމާ އުފަން ރަށުގެ ތަރައްގީއަށް ދޭ ވޯޓަކަށްވުރެ މުޅި ގައުމުގެ ހާލަތު ބަދަލު ކުރުމަށް ދޭ ވޯޓަކަށް ހަދަން ޖެހޭ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޅ. ހިންނަވަރަށް މިއަދު ވަޑައިގެން އެރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވަޑައިގަންނަވާ ހުރިހާ ރަށަކުން ވެސް ކިޔާ މަރުހަބާ އިން ސާފުވާ އެއް ކަމަކީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ގެއްލިގެން ގޮސްފައި ވާތީ އެކަންކަން އަނބުރާ ހޯދުމަށް ދިވެހިން ބޭނުންވާކަން ހާމަވާ ކަމެއް ކަމަށެވެ.
"ނުވައެއް ސެޕްޓެމްބަރުގައި ނަގާ ވޯޓަކީ ހަމައެކަނި އެރަށެއްގެ ރައްޔިތުންނަށް ބޭނުންވެފައިވާ މުހުތާދުތައް ފުއްދައިދޭން ހޯދަން ނަގާ ވޯޓެއް ނޫން މިއަދު ގައުމުގެ ހާލަތު އޮތް ގޮތުން. ރަށަށްވުރެ ބޭރުން މުޅި ގައުމުގެ އެންމެ ބޮޑެތި ބަހާތަށް އެންމެ މުހިއްމު ކަންކަން ސަލާމަތް ކުރުމަށްޓަކައި ނަގާ ވޯޓެއް،" މުއިއްޒު ވިދާޅުވިއެވެ.
ހިންނަވަރު ރައްޔިތުންނަށް މުއިއްޒު ވަނީ މަގު ހެދުން ކަމަށްވިއަސް ފެނާ ނަރުދަމާގެ މަސައްކަތް ކަމުގައިވިއަސް ބޯހިޔާވަހިކަން ވިއަސް އަދި އިގްތިސޯދީ ހަރަކާތްތައް ކަމުގައިވިއަސް އެމަނިކުފާނުގެ ފަސް އަހަރުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ އަމިއްލަ ބަސް އަޅުގަނޑުމެންގެ އަތުން ޖަހައިގަންނަ ހިސާބަށް ކަންކަން ހިނގަމުން މިދަނީ. އަޅުގަނޑުމެންގެ މިނިވަންކަން އެހެން ބައެއްގެ އަތްމައްޗަށް ގޮސްފައި އޮތީ، އެހެންވީމަ މިރަށުގެ ތަރައްގީ އަށް ތިޔަ ވިދާޅުވި ކަންކަމާއި އެހެން ކަންކަން ވެސް ކޮށްދެވޭނެ. އެހެންނަމަވެސް ފުރަތަމަ މި ދެންނެވި ކަންކަން އިސް ކުރުމަށްޓަކައި ތިޔަ ބޭފުޅުން ތިޔަ ދައްކަވާ ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރިޔަށް އޮތް 9 ދުވަހު އިތުރު މަސައްކަތްތައް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
މީގެކުރީވެރިކަމުގައިމުޅިޤައުމުބަދަލުނުކުރެވުނީކީއްވެ
އިއްބެ