މަޑަގަސްކަރައިގައި ކުރިއަށްދާ އައިއޯއައިޖީގެ ބެޑްމިންޓަން އިވެންޓުގެ އަންހެން ޑަބަލްސްއިން ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ)އާއި އައިމިނަތު ނަބީހާ (ނަބީ) ރަން މެޑަލް ހޯދައިފިއެވެ.
މިއަދު ކުޅުނު ޑަބަލްސް ފައިނަލުން ނަބާ އަދި ނަބީ ރަން މެޑަލް ހޯދީ މޮރިޝަސްގެ ލޯނާ ބޯދާ އަދި ކޮބިތާ ދޫހީގެ ޕެއާއާ ވާދަކޮށްގެންނެވެ. ފައިނަލުން ނަބާއާއި ނަބީގެ ޕެއާ މޮރިޝަސް ކުޅުންތެރިންގެ މައްޗަށް ކުރި ހޯދީ ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. އެ މެޗުގެ ސެޓުތައް ރާއްޖޭގެ ޒުވާން ޕެއާއިން ގެންދިޔައީ 25-14 އަދި 25-15އިންނެވެ.
ނަބާއާއި ނަބީގެ ރަން މެޑަލާއެކު މިއީ މިހާތަނަށް މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ހޯދި ފަސްވަނަ ރަން މެޑަލެވެ. މީގެ ކުރިން އިއްޔެގެ ނިޔަލަށް ޓީޓީއިން ހަތަރު ރަން މެޑަލް ހޯދާފައިވާ އިރު، މިހާތަނަށް ރާއްޖެއިން ވަނީ 27 މެޑަލް މި ގޭމްސްގައި ހޯދައިފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޓީޓީއާއި ބެޑްމިންޓަނުން ރާއްޖެ ހޯދި މެޑަލްސްތަކެވެ.
މިއަދު އިތުރު ބެޑްމިންޓަން އިވެންޓްތައްވެސް ކުރިއަށް ގޮސްފައިވާ އިރު، 2019 ވަނަ އަހަރު މޮރިޝަސްގައި ސިންގަލްސް އަންހެން ރަން މެޑަލް ކާމިޔާބުކުރި ނަބާ ވަނީ މިފަހަރު ފައިނަލުގައި މޮރިޝަސްގެ ކޭޓް ލުޑިކް އަތުން ބަލިވެފައެވެ. ނަބާ މިފަހަރުވެސް ރިހި މެޑަލް ހޯދާފައިވާ އިރު، އެ މެޗުގެ ޕޮއިންޓްތައް ނަބާއަށް ގެއްލުނީ 21-13 އަދި 21-19 އިންނެވެ. ނަބާ މިފަހަރު ސިންގަލްސް ރިހި މެޑަލްއިން ނިންމާލާފައިވާ އިރު، އިއްޔެވެސް ވަނީ ބެޑްމިންޓަނުން އިތުރު ކާމިޔާބީތަކެއް ހޯދައިފައެވެ.
މިފަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން 27 މެޑަލް ހޯދާފައިވާ އިރު، ދެން ދިވެހި އެތުލީޓުންނަށް ބާކީ އޮތީ އެތުލެޓިކްސް އިވެންޓްތައް އެކަންޏެވެ. އެންމެ ފަހުން 2019 ވަނަ އަހަރު އޮތް އައިއޯއައިޖީގައި ރާއްޖެއަށް ލިބިފައިވަނީ ޖުމުލަ 15 މެޑަލްއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ