އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ފެންނަނީ ނާއިންސާފުވެރިކޮށް ކަމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަ ކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މި މަހުގެ 9ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ރިޔާސީ ކެންޑިޑޭޓުންނާއެކު "ސަންގު ޓީވީ" އިން މިރޭ ބޭއްވި ބަހުސްގައި ވާހަކަދައްކަވަމުން ގާސިމް ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރަމުން އައިސްފައި ވަނީ ދެ ޕާޓީއަކުން ކަމަށެވެ. އެއީ އެމްޑީޕީ އަދި ޕީޕީއެމްކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ އެ ދެ ޕާޓީން ކުރި ވެރިކަންތައް ފެއިލްވެފައިވާ ކަމަށެވެ.
"އެހެންވީމަ މިހާރު ރައްޔިތުން ވިސްނަންވީ ރަނގަޅު ކެންޑިޑޭޓަކާއި މެދު ކަންތައްތަކުގައި ގާބިލްކަން ހުރި ކެޕޭސިޓީ ހުރި މި ދެންނެވި ގޮތަށް އެހީތެރިކަން ވެސް ފޯރުކޮށްދެވިދާނެ މީހަކަށް،"
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި އިންތިހާބު މި ދަނީ ވަރަށް ނާއިންސާފުވެރި ގޮތަކަށޭ. އިންސާފުވެރި އިންތިހާބެއްގެ ގޮތުގައެއް ނޫން މިދަނީ ވަރަށް ސަރުކާރުގެ ނުފޫޒާއި ބާރުވެރިކަން ފޯރުވައިގެން އެތެރެ ފެންނަ ގޮތަށް ދާ އިންތިހާބެއް ނޫން،" ފަހު ފުރުސަތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައްޔިތުން އޭނާ އަށް ވޯޓު ދޭންޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށެވެ. އެގޮތުން އޭނާ ވަނީ ސިއްހީ ދާއިރާ އަށް އޭނާ ގެންނާނެ ކުރިއެރުންތަކާއި ރައްޔިތުންނަށް ދޭނެ އެހީތެރިކަމުގެ ވާހަކަ ވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ ރާއްޖެ އިން ބޭރަށް ދިވެހި އެއްވެސް ރައްޔިތަކު ބޭސްފަރުވާ އަށް ދާން ޖެހިއްޖެ ހާލަތެއްގައި އޭނާގެ ވެރިކަމުގައި ކެއުމާއި ބުއިމުން ފެށިގެން ހުރިހާ ކަމެއް ހިލޭ ދެވިގެން ދާނެ ކަމަށެވެ.
މީގެއިތުރުން އިގްތިސޯދީ ދާއިރާ އަށް އޭނާ ގެންނާނެ ކުރިއެރުންތައް މެނިފެސްޓޯގައި ވަރަށް ސާފުކޮށް ތަފްސީލުކޮށް ލިޔެފައި އޮންނާނެ ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ބޭއިންސާފުން އިންތިޚާބު ފެންނާނޭ ގާސިމް މިކިޔަނީ،ގާސިމް 3ވަނައަށްވެސް ނުދާނޭކަމަށް ޚޮދު ގާސިމްއަށް ވެސް. ގަބޫލު ކުރެވޭތީ!
ކުޑަބެ