އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫނު، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު ކުރީގެ އަދި ކުރީގެ ރައީސް ޔާމީނާ ބައްދަލުކުރެއްވި ކަމަށް ދެކެވޭ ވާހަކަ ކަރެކްޝަނުން ދޮގުކޮށްފިއެވެ.
ފާރިސް، ޔާމީނާ ބައްދަލުކުރެއްވި ކަމަށް ބުނެ ޝޯޝަލް މިޑީއާގައި ދަނީ ވީޑިއޯއެއް ދައުުރުކުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ މާފުށީ ޖަލުން ފާރިސް ނިކުމެވަޑައިގަންނަވާ މަންޒަރެވެ.
ނަމަވެސް ފާރިސް، ޔާމީނާ ބައްދަލުކޮށްފައިނުވާކަން ކަރެކްޝަންސްގެ މިޑީއާ އޮފިޝަލް ވަނީ "ހަތާވީސް" އަށް ޔަގީންކޮށް ދީފައެވެ.
އެކަމާއި ގުޅޭ ގޮތުން ކޮމެންޓެއް ހޯދާލަން ފާރިސްއަސް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.
ފާރިސް، ޔާމީނާ ބައްދަލުކުރިކަމުގެ އަޑުތައް އަރާފައިމިވަނީ ޔާމީންއާ އެކު ބައްދަލުވުމެއް ހަމަޖައްސައިދޭން ފާރިސް ކަރެކްޝަންސްގައި އެދިވަޑައިގެންފައިވާތާ ތިން ހަފްތާވެފައިވާ ކަމަށް އޭނާގެ ކެމްޕޭނު ޓީމުން ބުނެފައި ވަނިކޮށެވެ.
ފާރިސް، ޔާމީނާ ބައްދަލުކުރުމަށް އެދިވަޑައިގެންފައި ވަނީ ޔާމީންގެ ތާއިދު އޭނާ އަށް ހޯދުމަށެވެ. އަދި ތާއިދު ލިބޭނެކަމުގެ ފެހި ސިގްނަމް ޕީޕީއެމްގެ ތެރެއިން ފާރިސްއަށް ލިބިވަޑައިގެންފައިވާ ކަމަށްވެއެވެ.
އެ ވީޑިއޯއާއެކު ޔާމިންގެ ތާއިދު ފާރިސް އޮތް ކަމަށް ބުނެ ދައްކަމުންދާ ވާހަކަ ދޮގުކުރަމުން ޕީޕީއެމްގެ ޓްރެޝަރާ އަހުމަދު މުސްތަފާ ވިދާޅުވި އެއީ "ބުހުތާނު ދޮގު" ކަމަށެވެ.
ޔާމިންގެ ތާއިދު އޮތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އަށް ކަމަށް މުސްތަފާ ވިދާޅުވިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި