ހުޅުމާލޭ ހިއްކާ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް ނެގުމަށް އާބަންކޯއިން އިލްތިމާސްކޮށްފިއެވެ.
އާބަންކޯ އިން ހުޅުމާލޭގައި އަލަށް ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ މަސައްކަތްތައް ފެށުމަށް އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، އެ މަސައްކަތްތަކުގެ ތެރެއިން ސައިޓް އޭ ގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ފެށުމަށް އެ ސަރަހައްދު ހުސްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ އާބަންކޯ އިން ބުންޏެވެ.
އެހެންކަމުން، ސައިޓް އޭގައި އަޅާފައިވާ އަމިއްލަ ފަރާތްތަކުގެ އުޅަނދުތައް ވެސް ވީހާވެސް އަވަހަކަށް ނެގުމަށް އާބަންކޯއިން އެދެއެވެ. އެގޮތަށް ނެގޭ އުޅަނދުތައް މި ސަރަހައްދުގެ ބޭރުގައި އެޅުމުގު ފުރުސަތުވެސް މިހާރު ފަހިކޮށްދީފައިކަމަށް އާބަންކޯއިން ބުންޏެވެ. އަދި އެ ކޯޕަރޭޝަންގައި ރަޖިސްޓްރީކޮށްގެން ކުޑަގިރި ފަޅު އަދި ދިޔަނެރު ފަޅުގައިވެސް އުޅަނދުތައް އެޅުމުގެ އިންތިޒާމްތައް މިހާރު ހަމަޖައްސާފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ.
އެ ކޯޕަރޭޝަނުން ބުނީ އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ތަރައްގީ އަށް ކުރެވޭ އެފަދަ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމާ، ރައްޔިތުންނަށް މީގެން ލިބޭނެ ގެއްލުންތައް ވީހާވެސް ކުޑަ ކުރުމަށް ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ