މި މަހުގެ 9އެއްވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެގޮތަށް ހަމަޖެއްސެވީ، ސެޕްޓެންބަރު މަހުގެ ނުވައެއްވާ ހޮނިހިރު ދުވަހަކީ، ރިޔާސީ އިންތިހާބު ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީއެވެ.
އެ ދުވަހާ ގުޅިގެން، ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައި ވާތީ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
މި ފަހަރުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 282،395 މީހަކަށް ލިބޭއިރު 27،000 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާ އެކު މިފަހަރު އަލަށް ވޯޓު ލެވޭ ޒުވާނުން ކަމަށް އީސީން ބުނެފައިވެއެވެ.
އިންތިހާބުގައި 574 ވޯޓު ފޮށި ބަހައްޓާއިރު އޭގެ ތެރެއިން 142 ފޮށި ބަހައްޓަނީ މާލެގައެވެ. ހުޅުމާލޭގައި 27 ވޯޓު ފޮށި، ވިލިމާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާނެއެވެ. އަތޮޅު ތެރޭގައި ބަހައްޓަނީ 319 ވޯޓު ފޮއްޓެވެ. ރިސޯޓު ތަކުގައި 65 ވޯޓު ފޮށި، ޖަލުތަކުގައި ފަސް ވޯޓު ފޮށި، ސިނާއި ސަރަހައްދު ތަކުގައި އެއް ވޯޓުފޮށި އަދި ރާއްޖެއިން ބޭރުގައި އަށްވޯޓު ފޮށި ބަހައްޓާނެއެވެ.
ރާއްޖެއިން ބޭރުގައި ވޯޓުފޮށިތައް ބަހައްޓަނީ އިންޑިއާގެ ޓްރިވަންޑްރަމް، އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީ، އިނގިރޭސިވިލާތުގެ ލަންޑަން އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރްގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ