އަރބަންކޯ އަދި އެމްއައިޓީ ގުޅިގެން ކުރިއަށް ގެންދެވުނު ވިލުނުވެރި ކަނބަލުންގެ ޕްރޮގްރާމް ނިމި، ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ފަރުކޮޅުފުށީގައި ރޭ އޮތް ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އަރބަނކޯގެ ޗީފް ހޮސްޕިޓާލިޓީ އޮފިސަރ އިބްރާހިމް އިނާޒްއެވެ.
އެ ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ 150 ކަނބަލުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
މިޕްރޮގްރާމަކީ އަންހެނުންނަށް ޚާއްސަކޮށްގެން، އަންހެނުން ބާރުވެރިކުރުމަށްކުރިއަށްގެންދެވުނު ޓްރެއިނިންގ ޕްރޮގްރާމެކެވެ.
އެގޮތުން މި ޕްރޮގްރާމްގައި އާއްމު ދިރިއުޅުމުގައި ގޭތެރޭގައި ބޭނުންކުރާ ހިފާގެންގުޅޭ ކަރަންޓުސާމާނު ރައްކާތެރިކޮށް ބޭނުންކުރާނެ ގޮތާއި، އެތަކެއްޗަށް ދިމާވާ ކުދިކުދި ކަރަންޓު މައްސަލަތަކަކީ ކޮބާކަމާއި އެ ކަންކަން ހައްލު ކުރާނެގޮތް ދަސްކޮށްދެވިގެންދިޔައެވެ.
އަރބަންކޯއިން ދަނީ އަބަދުވެސް މުޖްތަމައުގެ ފަރުދުން ބާރުވެރިކުރުވައި ހޭލުންތެރިކުރުމަށް ތަފަތު ޕްރޮގްރާމްތަކާއި ޓްރެއިނިންގްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އަރބަނކޯއިން ވަނީ ކުރިއަށް އޮތްތާވެސް މިފަދަ ތަފާތު ޓްރެއިނިންގްތައް ކުރިއްށް ގެންދިއުމަށް ރާވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ