އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. ކުޅަދުފުއްޓަށް ވަޑައިގަންނެވުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ކެމްޕޭނު ދަތުރުފުޅުގައި ރައީސް، ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ މިއަދު ހަވީރުއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް ސޯލިހު އެ ސިޓީއަށް ވަޑައިގެންނެވުމުން ކުދި ބޮޑު ގިނަ އަދަދެއްގެ ބަޔަކު ވަނީ ރަށުގެ ބަނދަރުމައްޗަށް ނިކުމެ އެމަނިކުފާނަށް މަރުހަބާކިޔާފައެވެ.
ސަޕޯޓަރުންނާ ސަލާމްކުރައްވަން ގާތްގަނޑަކަށް ގަޑިއެއްހާއިރު ރައީސް ހޭދަކުރައްވާފައިވާއިރު އެމްޑީޕީން ބުނީ މިއީ ކުޅުދުއްފުށިން މިހާތަނަށްކީ އެންމެ ހޫނު މަރުހަބާ ކަމަށެވެ.
ކުޅުދުއްފުއްޓަށް ރައީސް ވަޑައިގެންނެވުމުން އެމަނިކުފާނަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ ދާދި ފަހަކާއި ޖެހެން ދެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވި އެ ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި ކައުންސިލްގެ މެމްބަރުންނެވެ.
ޔާސީރާއެކު ކައުންސިލްގެ މެމްބަރުން ޑިމޮކްރެޓްސް އަށް ބަދަލުވެ މާގިނަ ދުވަސްތަކެއް ނުވަނީ އަލުން ވަނީ އަނބުރާ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ