ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާ އަތާއި އަތް ޖޯޑުކޮށް ސަލާން ކުރައްވައި، ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި، އަޑު އުފުލުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެފިއެވެ.
ޕީޕީއެމް ކާނިވާ ޖަގަހާގައި ބޭއްވި ބައްދަލުވުމުގައި ފާތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއީ ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ފެއްޓެވި ފަހުން ފާތުން، އާއްމުންގެ ތެރެއަށް ފެނުނު ފުރަތަމަ ފަހަރެވެ.
އެ ބައްދަލުވުން ނިންމާލެއްވުމަށް ފަހު ޕާޓީގެ އަންހެން މެމްބަރުންނާއެކު ހުންނަވަނިކޮށް ސެކިއުރިޓީންނާއެކު ނަޝީދު އެކަމަނާގެ އަރިހަށް ވަޑައިގަންނަވައެވެ. އެއަށް ފަހު، އެމަނިކުފާނު ފާތުންއާ ސަލާމް ކުރައްވައި ފޮޓޯއަކަށް ހުއްޓިވަޑައިގެންނެވިއެވެ.
ފޮޓޯއަކަށް ހުއްޓިވަޑައިގެންނެވި ވަގުތު ޔާމީން މިނިވަންކުރަން ގޮވާލާ ސަޕޯޓަރުން ގޮވާލުމުން ނަޝީދުވެސް ވަނީ އެ މީހުންނާއެކު ޔާމީން ދޫކޮށްލަން ގޮވާލައި ބައިވެރިވެވަޑައިގެންފައެވެ.
މިރޭ ބޭއްވި ޖަލްސާގައި ފާތުން ވާހަކައެއް ނުދައްކަވައެވެ. ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވަމުން ޖަގަހައަށް ފާތުން ވަޑައިގެންނެވުމަކީ ޕާޓީގެ މެމްބަރުންނަށް ލިބުނު އުފަލެއް ކަމަށެވެ. "މި މަންޒަރުން ފެންނަނީ ޖަލުގައި އޮންނެވިޔަސް ކޮންމެ ހާލެއްގައި އޮންނެވިޔަސް ރައީސް ޔާމީން މި ޕާޓީ ބަދަހިކުރައްވާނެކަން" އާދަމް ޝަރީފް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ