އއ. މަތިވެރީގައި މިއަދު ހިންގި ހަމަނުޖެހުމުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ހަމަލާދޭން އުޅެފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މަތިވެރީގައި ހަމަނުޖެހުން ހިންގުމާ ގުޅިގެން އެކަކު ހައްޔަރުކުރި ކަމަށެވެ. ހަމަނުޖެހުން ހިނގަންމެދުވެރިވީ ދެ މީހެއްގެ ދެމެދުގައި ބޭއަދަބީކޮށް އަތުގެ އިޝާރާތްތަކެއް ކުރުމުން ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހާ މައުލޫމާތު ސާފުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މިހާތަނަށް ބެލިބެލުމުން، މި ހަމަނުޖެހުމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަށް ހަމަލާދޭން އުޅެފައިވާ ކަމަށް ނުބެލެވޭ،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ