ރާއްޖޭގެ ވެރިކަމަށް އަދިވެސް އެންމެ ރަނގަޅީ އެމްޑީޕީ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ކެމްޕޭނުގައި ރ. އުނގޫރުފާރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ދެވޭ ވޯޓަކީ ގައުމުގެ މިސްރާބު ކަނޑައެޅުމަށްޓަކައި ދެވޭ ވޯޓެއް ކަމަށެވެ.
ވާދަވެރި ކެންޑިޑޭޓުންގެ ތެރޭގައި މީގެ ކުރިން ރާއްޖޭގައި އޮތް އަނިޔާވެރިކަމާއި ބިރުވެރިކަން ތަމްސީލުކުރައްވާ ބޭފުޅުން ތިއްބެވި ކަމަށް ވިދާޅުވިއެވެ.
"އެއިން ބޭފުޅަކަށް އޮޅިގެންވެސް ފުރުސަތު ދެވިއްޖެއްޔާ އަޅުގަނޑުމެން ދާނީ އަނެއްކާވެސް އެ އަނިޔާވެރިކަމުގެ ތެރެއަށް" ރައީސް ވިދާޅުވިއެވެ. އެކަމާއި ފުންކޮށް ވިސްނަން ރައްޔިތުންނަށް ނަސޭހަތްތެރިވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއްވެ ރާއްޖެއަށް ހެޔޮ ބަދަލު ގެނައުން ކަމަށެވެ.
ރައީސް ސިފަކުރެއްވި ގޮތުގައި އެމަނިކުފާނު ފިޔަވާ އެހެން ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ބޭކާރު ވޯޓަކަށްވުން އެކަށީގެންވެއެވެ. ތެރެއިން ބައެއް ކެންޑިޑޭޓުންގެ ހަމަ އެކަނި ބޭނުމަކީ އިންތިހާބު ދެވަނަ ބުރަކަށް ގެންދިޔުން ކަމަށް ވިދާޅުވިއެވެ. އެއީ ގައުމަށާއި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އިންތިހާބު އެއް ބުރުން ކާމިޔާބު ކުރެވޭނެ މަންޒަރު ރަށްތަކުން ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
"ހަމަ ގައިމުންވެސް މި ދެންނެވި ހުރިހާ ބޭފުޅުންނަށް ނަޒަރު ހިންގާލާއިރުގައި އަޅުގަނޑު ދަންނަވާލާނީ އަޅުގަނޑުމެންނަށްވުރެ ރަނގަޅު ގޮތެއް އަދިވެސް މި ރާއްޖެއަކަށް ނެތޭ" ރައީސް ވިދާޅުވިއެވެ.
އުނގޫފާރަށް ރައީސްގެ ވައުދުތައް:
- ބަނދަރުގެ މައްސަލަ ހައްލުކުރަން
- އޮޑިދޯނިފަހަރު އެހެލާ ތަނަކާއި މޫދަށް އެރޭނެ ސަރަހައްދެއް ތަރައްގީކުރުން
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ