ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް މަރުހަބާ ދެންނެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގުމައްޗަށް ނިކުމެ ވަޑައިގަތުންވީ ޕީޕީއެމާއި އެ ޕާޓީގެ ސަޕޯޓަރުންނަށް ލިބުނު ހިތްހަމަޖެހުމަކަށެވެ. ނަމަވެސް ނަޝީދުގެ ފިކުރަށް ތާއިދުކުރާ މެމްބަރުންނަށް މިކަން ގަބޫލެއް ނުކުރެވުނެވެ.
ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތާ ފާތުން ގުޅިވަޑައިގަތުމަށްފަހު އެނބުރި ގެއަށް ވަޑައިގަތް މަގުމަތީގައި ނަޝީދު އެކަމަނާއާ ސަލާމް ކުރެއްވުމަށްފަހު ގޮވާލެއްވީ މިހާރު ޖަލުގައި ހުންނެވި ޔާމީން ވަގުތުން މިނިވަން ކުރުމަށެވެ. ނަޝީދުގެ އެ ގޮވާލެއްވުން އެމަނިކުފާނުގެ ބައެއް ސަޕޯޓަރުންނަށް ބަލައެއް ނުގަނެވުނެވެ.
"ލައްކައަކަށް ވުރެ ގިނަ މީހުން ޔާމީނާ ދެކޮޅަށް ވޯޓުލީ ހަމައެކަނި މަނިކުފާނު މިނިވަން ކުރުމަށްޓަކައި." ނަޝީދަށް ނިސްބަތް ކުރައްވައި އެކަކު ކުރި ޓްވީޓެއްގައިވެ އެވެ.
އެހެން ބައެއް މީހުން ވެސް ސޯޝަލް މީޑިއާގައި ނަޝީދާ ދެކޮޅަށް ހިޔާލުފާޅުކުރީ ޔާމީންގެ ވެރިކަމުގައި އޭރުގެ ސަރުކާރާއި މެޑަމް ފާތުން އިސްވެ ހުންނަވައިގެން ކުރެއްވި ކަންކަން ނަޝީދު ހަނދާން ނެތުނީތޯ ބުނެއެވެ. އަދި ޔާމީންގެ ވެރިކަމުގައި ނަޝީދަށް ލިބިވަޑައިގަތް އަނިޔާތަކާ ބެހޭ ގޮތުން ވެސް މީހުން ސުވާލު އުފައްދާފައިވެއެވެ.
ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މެޑަމް ފާތުންގެ ސަދަގާތު ފައުންޑޭޝަނުން އެތައް ހަރަކާތްތަކެއް ހިންގިއެވެ. ސައުދީ ސަރުކާރުން ރޯދަ މަހަށް ބަހަން ފޮނުވި ކަދުރުތައް ވެސް ބެހީ ސަދަގާތު ފައުންޑޭޝަންގެ ނަމުގައެވެ. ސަދަގާތު ފައުންޑޭޝަނުން ބޭއްވި ހިތާނީ ކޭމްޕަށް ހަރަދުކުރީ ވެސް ދައުލަތުގެ ކުންފުނިތަކުންނެވެ. ރައްޔިތުންގެ މަޖިލިސް މެމްބަރުން ބޭނުންކުރީ ކޭމްޕްތަކުގައި ބަހާނެ ބޭހާއި ޗޮކްލެޓް ބަންދު ކުރުމަށެވެ. މިގޮތަށް ގޮސް އެތައް ކަމެއްގައި ދައުލަތުގެ ވަސީލަތްތައް މެޑަމް ފާތުންގެ ފައުންޑޭޝަނުން ބޭނުންކުރިއެވެ.
މިކަންކަމާ ދެކޮޅަށް އެންމެ ގަދައަށް ނަޝީދު ވާހަކަ ދެއްކެވުމަށްފަހު މެޑަމް ފާތުންއަށް މަރުހަބާ ދެންނެވުމަކީ އެމްޑީޕީގެ އިތުރުން ނަޝީދުގެ ސިޔާސީ ފިކުރަށް ތާއީދުކުރާ މީހުންނަށް ވެސް ގަބޫލު ނުކުރެވުނު ކަމެކެވެ. އަދި ސަރުކާރު ބަލި ކުރުމަށްޓަކައި ނަމަވެސް މި ހިސާބަށް ނަޝީދު ވަޑައިގަންނަވަން ޖެހޭތޯ ބައެއް މީހުން ސުވާލު ކުރި އެވެ.
ނަޝީދު މި ސަރުކާރާ ދެކޮޅަށް ތެދުވެ ވަޑައިގަތް އެއް ސަބަބަކީ ކޮރަޕްޝަން ކަމަށް ވިދާޅުވާއިރު ކުރީގެ ސަރުކާރުގައި ހިންގި ކޮރަޕްޝަންތަކުގެ މައްސަލަތައް އެމަނިކުފާނު މިހާރު ހަނދާން ނެތުނީތޯ ބައެއް މީހުން ޓްވިޓާގައި ސުވާލު އުފައްދާފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ވެރިކަމަށްވަކިވަރަކައްވުރެދަހިވެތިވެއްޖެނަމަމީހާގެސިކުނޑިއާއިވިސްނުމުގެފެންވަރުތައްބަދަލުވެބައިކިލޯގެވިސްނުމަށްވެދާނެއެވެ
އިުބެ