މާފަންނުގައި ގުދަނެއްގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ރޯވެ، އަލިފާން ފެތުރުމުގެ ކުރިން ސިފައިން އަލިފާންގަނޑު ނިންވާލައިފިއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މީހުން ދިރިނޫޅޭ މ. ހައުސްޕްލާޒާގޭގައި ގުދަނެއްގެ ގޮތަށް ހުރި ތަނެއްގައި ޖަމާކޮށްފައިވާ ކުނިތަކެއްގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.
މިއަދު މެންދުރު މި ހާދިސާ ހިނގާފައިވާއިރު، ރޭ ފަތިހު މާލޭގެ ފިހާރައެއްގައި ރޯވެ، އެއްކޮށް ވަނީ އަނދާފައެވެ. ގަލޮޅު އޮޓޯ ގަރާޖު ކައިރީ ރަތްވިލާ ގޯޅީފައި ހުންނަ ވެގާ ޕޮއިންޓުގައި ރޯވެ، އެތަނުގައި ހުރި މުދާތައް ވެސް ވަނީ އަނދައި އަޅިއަށްވެފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ