ކުރިން ފަތުރުވެރިކަމަށް ދޫކޮރުމަށް ފަހު އޮތުމަށް ފަހު ސަރުކާރަށް ނަގާފައިވާ ރ. އުފުލަންދޫ މަޑުއްވަރީ ކައުންސިލާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ފަޅުރަށް އިގުތިސާދީ ބޭނުންތަކަށް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭގަވާއިދުގެ ދަށުން ސަރުކާރުގެ އަމިއްލަ އިސްނެގުމަށ،ް ފަޅުރަށެއް ބެލެހެއްޓުން ވަކި ޝަރުތުތަކާއެކު ކައުންސިލަކާ ހަވާލުކުރުމަށް ރައީސް ނިންމެވުމާއި ގުޅިގެން އުފުލަންދޫ، މަޑުއްވަރި ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ރަށަކީ މިހާރު އެއްވެސް ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނޫނެވެ.
ރަށް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއެވެ. އަދ،ި ރ. މަޑުއްވަރީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލް މެމްބަރު ނައީމްއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ