ސަރުކާރުގެ މަގާމުތަކަށް ނަމެއްގައި ބަޔަކު ވަޒީފާތަކަށް ލުމަކީ ކަންކުރަން ވާނެ ގޮތެއް ނޫން ކަމަށާއި ބޭނުން ވަނީ ނަތީޖާ ނެރެދެވޭ ސަރުކާރެއް ގާއިމް ކުރުމަށް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ސަންގު ޓީވީ" އިން މިރޭ ގެނެސްދިން "އާސްކް މުއިއްޒު" ޕްރޮގްރާމުގައި އާއްމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުގެ ވަޒީފާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާ އަށް ގެންނާނީ ތައުލީމީ ގާބިލް ފަރާތްތައް ކަމަށެވެ.
މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރާއިރު، އެބޭފުޅުންގެ ނަންތައް މަޖިލީހަށް ހުށަހެޅުމުގައި ވެސް ހަމަ އެ އުސޫލު [ތައުލީމީ ގާބިލް ބޭފުޅުން] އިން އަމަލު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ސިޔާސީ މަގާމުތަކަށް އައްޔަން ކުރާ ފަރާތްތަކަކީ ވެސް ހަމައެކަނި ވަޒީފާ އަދާކޮށްލާ ބައެއްގެ ބަދަލުގައި، އަދާކުރަން ޖެހޭ ޒިންމާ އަދާކުރާ ބަޔަކަށް ވާން ޖެހޭނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި ސިޔާސީ ވަޒީފާ ދޭ ފަރާތްތައް ވެސް އެގޮތަށް އަމަލު ކުރޭތޯ ބަލާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ތައުލީމީ ފަރާތްތައް ކޮންމެހެން ވެސް އެންމެ މުހިއްމު ވަޒީފާތަކުގައި އެންމެ ޓެކްނިކަލީ އެފަރާތެއްގެ ބޭނުންޖެހޭ ވަޒީފާތަކުގައި އެފަރާތްތައް ތިބެން ޖެހޭނެ،" މުއިއްޒު ފާހަގަކުރެއްވިއެވެ.
އަންހެން ކަނބަލުން ވެސް އެންމެ މަތީ މަގާމުތަކަށް ގެނައުމަށް ހުށަހަޅުއްވާނެ ކަމަށް މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މީގެއިތުރުންވެސް އެކި ލެވަލްތަކުގައި އަންހެން ކަނބަލުންނަށް އެމަނިކުފާނުގެ ސަރުކާރެއްގައި ފުރުސަތު ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިފަދަ ކަމަކަށް ކުރިމަތިލާ ފަރާތަކީ އަރާމު ކޮށްލައިގެން ތަންކޮޅެއް ފަސޭހަ ކޮށްލައިގެން ބަންދު ދުވަސްތައް ކަނޑާފައި ރެސްޓު ކޮށްލާފައި މިކަހަލަ ވެރިކަމެއް ރައްޔިތުން ބޭނުން ވާނެހެނެއް،"
"އަޅުގަނޑު ބޭނުމީ ސީރިޔަސް ވޯކް ކުރަން. ސީރިޔަސް ވޯކް ކުރެވޭނީ ކިޔަވައިގެން ތިބި ގާބިލް ބޭފުޅުން ތަންތަނަށް ލައިގެން،" މުއިއްޒު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ