ވެގްނަރ ގްރޫޕްގެ ނަމުން ނަންދީފައިވާ ރަޝިޔާގެ ޕެރަމިލިޓަރީ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް އިނގިރޭސިވިލާތުން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިފިޔަވަޅުގެ ސަބަބުން އައިސިސް އާއި އަލްގައިދާއާ މެދު އަމަލުކުރާ ފަދައިން އިނގިރޭސިވިލާތުގެ ގާނޫނުގެ ދަށުން އެ ޖަމާއަތަށް ތާއީދުކުރުން ނުވަތަ އެ ޖަމާއަތާ ގުޅުމަކީ ގާނޫނާ ހިލާފު ކަމަކަށް ވެގެންދާނެއެވެ.
ހޯމް ސެކްރެޓަރީ ސުއެލާ ބްރެވާމަން ވިދާޅުވީ ރަޝިޔާއާ ގުޅުން އޮންނަ ވެގްނާ ގްރޫޕުން ހަރުކަށި އަމަލުތައް ހިންގަމުންދާ ކަމަށެވެ.
އެ ޖަމާއަތުން އަނިޔާކުރުމާއި އަނިޔާވެރި ގޮތަކަށް މީހުން މެރުމުގައި ހަރަކާތްތެރިވަމުން އަންނައިރު، ޔޫކްރެއިން، މެދުއިރުމައްޗާއި އެފްރިކާގައި އެ ޖަމާއަތުން ހިންގާ އޮޕަރޭޝަންތަކަކީ ދުނިޔޭގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެގްނަ ގްރޫޕާއި ގުޅުންހުރި ފަރާތްތަކާއި ވިޔަފާރިތަކާ ދެކޮޅަށް އެފްރިކާގައި މީގެ ކުރިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބިނާކޮށް އިނގިރޭސިވިލާތުގެ ސަރުކާރުން ޕާލަމެންޓުގައި ވެގްނާ ގްރޫޕް މަނާކުރުމަށް ފިޔަވަޅުތަކެއް އަޅާނެއެވެ.
ވެގްނާ ގްރޫޕްގެ ބާނީ ޔެވްޖެނީ ޕްރިގޯޒިން މަތިންދާބޯޓު ވެއްޓި މަރުވުމުގެ ކުރިން ވެސް އިނގިރޭސިވިލާތުން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
ޖުލައި މަހު އިނގިރޭސިވިލާތުން ވަނީ އެ ޖަމާއަތާއި ގުޅުން އޮންނަ ކަމަށް ބުނާ 13 ފަރާތަކާއި ވިޔަފާރިއަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިއުލާނުކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ