ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރާ ހަރަދުގެ މައުލޫމާތަކީ ހިއްސާކުރަން ޖެހޭ މައުލޫމާތުތަކެއް ނޫން ކަމަށް އެ ދެ ޕާޓީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕޭނުގެ ހަރަދުތަކާއި ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން އަދުރޭ ވިދާޅުވީ އެއީ ހިއްސާކުރަން ޖެހޭ މައުލޫމާތުތަކެއް ނޫން ކަމަށެވެ.
"ކެމްޕޭނުގެ ހަރަދާ ބެހޭ މައުލޫމާތު އަޅުގަނޑުމެން ނޫސް ކޮންފަރެންސް ގައި ހާމަކުރާކަށް ބޭނުމެއް ނުވޭ. އެ ނުވެސް ޖެހޭނެ،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މައުލޫމާތުގެ ތަފްސީލު ހިއްސާކުރާނީ ހަމައެކަނި އިލެކްޝަން ކޮމިޝަނާ ކަމަށެވެ.
އެ ޕްރެސްގައި އަދުރޭ ވަނީ ނޫފުޒާއި ބާރު ބޭނުންކޮށްގެންވެސް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭނުކުރަމުންދާ ކަމުގެ ތުހުމަތުކޮށްފައެވެ. ރައީސް ސޯލިހަށް، އިންތިހާބު ކާމިޔާބު ނުވެއްޖެނަމަ ވެރިކަން ދެމެހެއްޓުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.
"... އިތުރު ވޯޓު ކަރުދާސްތަކެއް ލީކުވެގެން އުޅޭ ވާހަކައެއް އަޑު އެބައިވޭ. ބޭރު ގައުމެއްގެ އެހީތެރިކަމާއި އެކީގައި 2018 ގެ އިންތިހާބު ވަގަށް ނެގި ގޮތަށް ވަގަށް ނަގަން މަސައްކަތްކުރަމުންދާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު އެބަލިބޭ" އަދުރޭ ތުހުމަތު ކުރެއްވިއެވެ. އިންތިހާބަށް ފައިސާގެ ނުފޫޒު ފޯރުވަމުންދާ ކަމުގެ މައުލޫމާތު އަތޮޅު ތެރެއިން މާލެއިން ލިބެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންތިހާބުގައި ނުފޫޒަށް ތަބާނުވުމަށް އިލްތިމާސް ކުރައްވަމުން އަދުރޭ ވިދާޅުވީ މި އިންތިހާބަކީ ރާއްޖޭގެ މުސްތަގުބަލު ދިވެހިންގެ އަތްމަތީގައި ބޭއްވުމަށް ގޮތް ނިންމާ އިންތިހާބެއް ކަމަށެވެ. ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުކޮށްފިނަމަ ބޭރު ގައުމެއްގެ އަޅުވެތިކަމަށް ރާއްޖެ ހިނގައިދާނެ ކަމަށް ވިދާޅުވިއެވެ.
"އެއީ ސުވާލެއްކޮށް ކަމެއް ނޫން. ހިނގައިދާނީކީ ނޫން. ގެންދިޔުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް އެބަދޭ" އަދުރޭ ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ