ވަކިގޮތަކަށް ވޯޓު ދޭން ރިޝްވަތު ހުށަހަޅާނަމަ މައްސަލަ ހުށަހަޅަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެއެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ އިންތިހާބުގެ ކެމްޕޭނު ކުރިއަށްދާއިރު ގާނުނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް މަސައްކަތްކުރުމާއި ވޯޓު ދިނުމުގައި ނަޒާހަތްތެރިކަން އިސްކުރުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކަށް ތާއިދު ހޯދުމަށް މަސައްކަތްކުރާ ފަރާތަކަށް ނުވަތަ ވަކި ގޮތަކަށް ވޯޓު ދިނުމަށް ނުވަތަ ނުދިނުމަށް އެދި ހުށަހަޅައި ހުށަހެޅުންތައް ގަބޫލު ނުކުރުމަށް ވެސް އޭސީސީން އެދެއެވެ.
މާއްދީގޮތުން ނުވަތަ މާލީ ގޮތުން ފައިދާ ވާނެ ފަދަ އެއްވެސް ކަމެއް ކޮށްފިނަމަ އޭސީސީއަށް މައްސަލަ ހުށަހެޅުމަށް ވެސް އެ ކޮމިޝަނުން އެދިފައިވާއިރު ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ